ads
ރަޝިއާއިން އިއްޔެ ދިން ހަމަލާތަކުގައި ސުންނާފަތިވި ޔޫކްރެއިންގެ ހޮސްޕިޓަލް
ރަޝިއާއިން ކުޑަކުދިންގެ ވޯޑަކަށް ހަމަލަދީ އެތައް ކުދިންނެއް މަރާލައިފި: ޒެލެންސްކީ
ރަޝިއާއިން އިއްޔެ ދިން ހަމަލަތަކުގައި ހޮސްޕިޓަލެއްގެ ކުޑަކުދިންގެ ވޯޑަކަށް ހަމަލަދީ ގިނަ އަދަދެއްގެ ކުދިން މަރާލާފައިވާކަމަށާއި ރަޝިޔާގެ އެ އަމަލަކީ ގަސދުގައި ކުޑަކުދިން ކުޑަކުދިން މަރާލުމަށް ދިން ހަމަލާއެއް ކަމަށް ޔޫކްރެއިންގެ ރައީސް، ވޮލޮޑްމީރް ޒެލެންސްކީ ވިދާޅު ވެއްޖެ އެވެ.

ރަޝިއާއިން ވަނީ އިއްޔެގެ ވަގުތެއްގައި ވައިގެ މަގުން ޔޫކްރެއިންގެ ސިޓީއެއް ކަމަށްވާ، މަރިއޮޕޮލް އަށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލާފަ އެވެ. އެ ހަމަލާތައް އާއްމު ރައްޔިތުން ދިރިއުޅެމުންދާ އިމާރާތްތަކާއި، ސުކޫލް ތަކުގެ އިތުރުން ހޮސްޕިޓަލު ތަކަށް ވަނީ އަމާޒުވެފަ އެވެ. 

ރަޝިއާއިން އިއްޔެ ދިން ހަމަލާއާއި ގުޅިގެން ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ރޭ އާއްމު ކުރި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ރަޝިއާއިން އަންނަނީ ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކަށް އަރައި ގަންނަމުން ކަމަށާއި، ރަޝިއާއިން މިހާރު ކުރަމުން އަންނަ ކަންކަން ބައިނަލްއަގްވާމީ ކޯޓުތަކުން ބަލަންޖެހޭނެ ކަމަށެވެ. 

އަދި އިއްޔެ ރަޝިއާއިން މަރިއޮޕޮލް ސިޓީއަށް ދިން ހަމަލާތަކަކީ ސީދާ ޔޫކްރެއިންގެ ރައްޔިތުންނަށް އަމާޒުކޮށްދިން "ޓެރެރިޒަމު" ހަމަލާތަކެއް ކަމަށްވެސް ޒެލެންސްކީ ވިދާޅުވިއެވެ. 

މީގެ އިތުރުން ޒެލެންސްކީ ވިދާޅުވީ، މަރިއޮޕޮލްގެ އެންމެ މުހިއްމު އެއް ހޮސްޕިޓަލަށް ރަޝިއާއިން އިއްޔެ ދިން ހަމަލާތަކުގެ ބޭނުމަކީ، ތުއްތު އެތައް ކުދިންނެއް މަރާލުމަށް ދިން ހަމަލާއެއް ކަމަށާއި، އެ ހަމަލާތައް ދިން އިރު ކުޑަކުދިންގެ ވޯޑުގައި 24 ކުއްޖަކު ފަރުވާ ހޯދަމުން ދިޔަ ކަމަށެވެ. އަދި ރަޝިއާއިން ސީދާ ހަމަލާދިނީ ކުޑަކުދިންގެ ވޯޑަށް އަމާޒުކޮށް ކަމަށްވެސް ޔޫކްރެއިންގެ ރައީސް ވަނީ ވިދާޅުވެފައެވެ. 

"ރަޝިއާއިން ހޮސްޕިޓަލަށް ދިން ހަމަލާތަކުގައި ކުޑަކުދިންވެސް ވަނީ މަރުވެފައި. މިއީ މިގައުމުގެ މުސްތަގުބަލު ފުނޑާލަން ރަޝިއާއިން ދިން ހަމަލާއެއް. މިކަމުގެ ބަދަލު އަހަރުމެން ހިފާނަން." ޒެލެންސްކީ ވިދާޅުވި އެވެ.

ރަޝިއާއިން އިއްޔެ ދިން ހަމަލާތަކުގައި މިހާތަނަށް 28 މީހުން މަރުވެފައި ވާކަމަށް މަރިއޮޕޮލްގެ މޭޔަރު ރޭގެ ވަގުތެއްގައި ވަނީ ހާމަ ކޮށްފައެވެ. އޭގެ ތެރޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ ކުޑަކުދިން ހިމެނޭ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް