ads
މިނިސްޓަރު މަހްލޫފް.
މަހްލޫފްގެ މައްސަލަ ހައިކޯޓުން ބަލައިގެންފި
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް އުފުލި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ހައިކޯޓުން ބަލައިގެންފިއެވެ.

މަހްލޫފްގެ މައްޗަށް އުފުލި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހެޅީ މި މަހުގެ ހަވަނަ ދުވަހުގައެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ހައިކޯޓުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލަ ހައިކޯޓުން ބަލައިގެންފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން މަހްލޫފުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ. 

އެއީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޭނާ ހުންނެވިއިރު މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދެއްވިކަމަށާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000 އެމެރިކާ ޑޮލަރު ނެންގެވިކަމުގެ ތުހުމަތުގައެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ބޭރުކޮށްލީ މިއީ ބެލޭނެ ދައުވާއެއް ނޫންކަމަށާއި, މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިތަކަކީ ދައުވާ ކުރިއަށް ގެންދެވޭނެ ފަދަ ބުރަދަނެއް ހުރި ހެކިތަކެއް ނޫންކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް