ads
މާލޭ ޖަލު ސަރަހައްދު ބުރާސްފަތި ދުވަހުގެ ރޭ
ޖަލުން ސަލާމަތްވުން: މާލޭ ޖަލު ދޮރުމަތިން ހޫނު މަރުހަބާ އާއި އުފާ ފާޅުކުރުން!
ރޭގެ ވަގުތެއްގައި ޖަލުން ސަލާމަތްވި ގައިދީންތަކަކަށް މާލޭ ޖަލު ދޮރުމަތިން ހޫނު މަރުހަބާއަކާއިއެކު ކުލަގަދަކޮށް އުފާ ފާޅުކޮށްފި އެވެ.

ރޭގެ ވަގުތެއްގައި ޖަލުން މިނިވަންވި ގައިދީންތަކަކަށް މަރުހަބާ ކިއުމަށް ގިނަ އަދަަދެއްގެ ބަޔަކު މާލޭ ޖަލު ދޮރުމައްޗަށް ޖަމާވެފައިވެއެވެ. އަދި ޖަލުން ނިކުތުމާއިއެކު ހޫނު މަރުހަބާ އެއް ކިޔައި އުފާ ފާޅުކޮށްފައިވެއެވެ.

މުޅި އެ ސަރަހައްދު ވެސް ވަނީ މަރުހަބާ ކިޔުމަށް ބޭނުން ކުރި އެކިކުލަކުލައިގެ ކުދި ކަރުދާސްކޮޅުތަަކުން ފުރިފައެވެ. 

your imageމާލޭ ޖަލު ސަރަހައްދު، ބުރާސްފަތި ދުވަހުގެ ރޭ——

" ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޖަލުގެ ކުރިމަތިންނާއި އެ ހިސާބުގައި ތިބި. އެ މީހުންގެ އަތުގައި އުފާ ފާޅު ކުރުމުގެ ގޮތުން މައްޗަށް ދޫކޮށް ލުމަށް ބޭނުން ކުރާ އެއްޗެހި އޮތް. ފެންނަ ފެނުމަށް ހީ ވަނީ ވަރަށް ބޮޑު އުފަލެއް ލިބިގެން އެކަން ފާހަގަ ކުރަން އުޅުނުހެން," އެ ސަރަހައްދުގައި އެ މީހުން އެއްވެފައިވަނިކޮށް ފެނުނު މީހަކު ބުންޏެ އެވެ

ރޭ ޖަލުން މިނިވަންވެފައިވާ މީހުންގެ ތެރޭގައި ދަރުބާރުގޭގެ ކުރިމަތީ ގޯޅި ތެރޭގައި ހުންނަ، ހ. ހަންޑްރެޑް ފްލާވާސްގޭ ކައިރީ 2015ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:00 އެހާކަންހާއިރު ހަށިގަނޑުގެ 12 ތަނަކަށް ވަޅިން ހަމަލާދީ މަރާލި ޖައިލަމް އަހްމަދު ޝާކިރުގެ މަރުގެ ދައުވާ އުފުލި ހަތަރު މީހުން ހިމެނެ އެވެ.

މިމައްސަލައިގައި އެ އެންމެން ޖަލު ބަންދުގައި ބައިތިއްބައިގެން ޝަރީއަތްތައް ކުރާތާ ހަތް އަހަރުފަހުން، އެމައްސަލައިގައި ހުކުމް ކުރުމަށް އިއްޔެ ބޭއްވި އަޑުއެހުމުގައި، މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއު ވަނީ ދައުވާލިބޭ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ހެކި ދައުލަތަށް ހުށަހެޅިފައިނުވާތީ އެކުށް އެއްވެސް މީހެއްގެ މައްޗަށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައެވެ.

ހެކި ނެތިގެން ހަތްއަހަރުފަހުން އެންމެން މިނިވަން ވިއިރު، އެމައްސަލާގައި ދައުލަތުން ވަނީ ދައުވާ ލިބޭ މީހުންނާއި ދެކޮޅަށް، 16 ހެއްކަކު ހުށަހަޅާފައެވެ. ނަމަވެސް އޭގެތެރެއިން އެއްވެސް ހެއްކަކު ކޯޓުގައި ހެކި ދޭން ހާޒިރުވެފައެއް ނުވެއެވެ. ހެކިބަސް ދިން މީހާވެސް ވަނީ އޭނާގެ ހެކިބަސް ފަހުން ނަގާ ކޯޓަށް ހާޒިރުވާން ދެކޮޅު ހަދާފައެވެ.  

މާލޭގެ އެކި ސަރަހައްދުގެ ވީޑިއޯ ފުޓޭޖުތަކަކާއި، އިންޓެލިޖެންސް ރިޕޯޓެއް ވެސް ދައުލަތުން ހުށަހެޅިއެވެ. ނަމަވެސް އެއިން އެއްވެސް އެޗަކުން އެކަށީގެންވާ ވަރަށް ހެކި ލިބިފައެއް ނުވެއެވެ.

3%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ކޮމެންޓްސް