ads
ޓެކްސީއެއް
ޓެކްސީތަކުން މިހާރު ދަތުރުކުރަނީ އަމިއްލައަށްހެދި އަގުތަކެއްގައި!
ޓްރާންސްޕޯޓު މިނިސްޓްރީން މާލެ ސަރަހައްދުގައި ޓެކްސީ ކުރުމަށް ވަކި އަގުތަކެއް ކަނޑައަޅާފައިވަނިކޮށް، ޓެކްސީ ސެންޓަރުތަކުން ވަކި އަގުތަކެއް ކަނޑައަޅައި އެ އަގުތަކަށް ދަތުރު ކުރަން ފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަކިއަގުތަކެއް ކަނޑައެޅުމާ ގުޅިގެން ޓެކްސީ ޑްރައިވަރުން ވަނީ އިހްތިޖާޖް ކޮށްފައެވެ.

ޓެކްސީ ސެންޓަރުތަކުން އެގޮތަށް ނިންމާފައިވަނީ އިހްތިޖާޖަށްފަހު ޓެކްސީ ސެންޓަރުތަކުން ބައްދަލު ކުރުމަށްފަހު ކަމަށް އިހްތިޖާޖުގެ ބައިވެރިއަކު މީޑިޔާއަށް މައުލޫމާތު ދީފައިވެއެވެ. 

ޓެކްސީ ސެންޓަރުތަކުން މިނިސްޓްރީއާ ދެފަހަރެއްގެ މަތިން މިކަމާގުޅޭ ގޮތުން ވަނީ ބައްދަލު ކޮށްފައެވެ. ޓެކްސީ ޑްރައިވަރުން އެދިފައިވަނީ ޓެކްސީ ތަކުގައި މީޓަރު ހަރުކޮށްދިނުމަށާއި އަދި ހަރުކޮށްދެވެންދެން ހުށަހެޅު އަގުތަކުގައި ބެހެއްޓުމަށެވެ.

މިކަމަށް ޖަވާބު ދިނުމަށް މިނިސްޓްރީއަށް ދީފައިވަނީ 10 މާޗްގެ ނިޔަލަށެވެ.

ހުށަހެޅި އަގުތައް 

  1. މާލޭ ސިޓީގެ އެތެރޭގެ ދަތުރުތަކަށް 30 ރުފިޔާ
  2. ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އެތެރޭގެ ދަތުރުތަކަށް 25 ރުފިޔާ
  3. ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެތެރޭ ދަތުރުތަކަަށް 25 ރުފިޔާ
  4. މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް 100 ރުފިޔާ
  5. މާލެއިން އެއާޕޯޓަށް އަދި އެއާޕޯޓުން މާލެއަށް 80 ރުފިޔާ
  6. ހުޅުމާލެއިން އެއާޕޯޓަށް އަދި އެއާޕޯޓުން ހުޅުމާލެއަށް 80 ރުފިޔާ
  7. ހުޅުމާލެ ދެވަނަ ފިޔަަވަހީން މާލެ އަށް އަދި މާލެ އިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް 120 ރުފިޔާ
  8. ހުޅުމާލެ ފުރަތަމަ ފިޔަވަހީން ދެވަނަ ފިޔަވައްސަށް 40 ރުފިޔާ 

ޓެކްސީ ޑްރައިވަރުން ކުރިންވެސް ބުނެފައިވަނީ މިނިސްޓްރީން ޖަވާބެއް ނުލިބިއްޖެ ނަމަ ދަތުރުތައް ހުށަހެޅި އަގުތަކުގައި ކުރާނެ ކަމަށެވެ. 

ޓެކްސީތަކުގެ އަގުތައް ބޮޑުކޮށްފައި މިވަނީ ރާއްޖޭގައި ތެލުގެ އަގުތައް ބޮޑުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް