ads
އެމްއެންޑީއެފްއިން ކުރިޔަށް ގެންދިޔަ ތަމްރީނެއްގެ ތެރެއިން
އެމްއެންޑީއެފްގެ 3 މީހަކަށް ދިމާވި ސިއްހީ ކަންކަން އެނގޭނީ ކޮމިޓީ މަސައްކަތް ނިމުމުން
އެމްއެންޑީ އެފްގައި ޓްރެއިނިން ހަދަމުން ދިޔަ 3 މީހަކަށް ދިމާވި ސިއްހީ މައްސަލަތައް އެނގޭނީ އެއިދާރާއިން މިހާރު އެކުލަވާލާފައިވާ ކޮމިޓީގެ މަސއްކަތް ނިމުމުން ކަމަށް އެއިދާރާއިން ބުނެފިއެވެ.

މާފިލާފުށީގައި ތަމްރީންތައް ފުރިހަމަ ކުރަމުންދިޔަ މީހުންގެ ތެރެއިން ގދ. ގައްދޫ މީހެއް ކަމަށްވާ ޕްރައިވެޓް މުހައްމަދު ރާފިލް ރަފީލްވަނީ މިމަހުގެ 6 ވަނަ ދުވަހު މަރުވެފައެވެ. އަދި އިއްޔެ އިތުރު ދެމީހަކު ހާލު ދެރަވެގެން ވަނީ މާލެއަށް ގެނެސް އައޖީއެމްއެޗްގައި ފަރުވާ ދީފައެވެ. އޭގެތެރެއިން އެކަކަށް ވަނީ އައިސީޔޫގައި ފަރުވާ ދީފައެވެ. 

އެ އިދާރާއިން ބުނީ  ރާފިލް ނޭވާލުމަށް އުނދަގޫވެގެން ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ޅ.ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް އޭނާ މަރުވެފައިވަނީ އެހޮސްޕިޓަލިގައި ކަމަށެވެ. 

އެމްއެން ޑީއެފްއިން ބުނީ އަސްކަރީ ތަމްރީނުތަކަކީ އޭގެޒާތުގައި ބުރަ އަދި ރިސްކުހިމެނޭ ތަމްރީނުތަކެއް ކަމަށާއި، މިތަމްރީނުތަކަށް ނެގޭ ސިފައިންނަކީ، ފިޒިކަލް އަދި މެޑިކަލް ޓެސްޓުތަކެއް ހެދުމަށްފަހު ޓްރެއިނިންގތަކުގައި ބައިވެރިވެވޭ ކުދިންކަމަށެވެ.
ތިންކުއްޖެއްގެ މެޑިކަލް މައްސަލަތަކެއްދިމާވެ، އެއިގެތެރެއިން އެއްކުއްޖަކު ނިޔާވެ، ދެވަނަ ކުއްޖަކަށް އައިސީޔޫ ގައި ފަރުވާކުރަންޖެހި އަދި ތިންވަނަ ކުއްޖަކު އެޑްމިޓްކޮށް ފަރުވާދޭން ޖެހުމަކީ، އެމްއެންޑީއެފް އިން މިކަމާ ކަންބޮޑުވެ ހިތާމަ ކުރާކަމެއް ކަމަށްވެސް އެއިދާރާއިން ބުނެއެވެ. 

އަދި ބަލަންޖެހޭ ކަންކަން ބެލުމަށްޓަކާ އެކިދާއިރާތަކުގެ އެކްސްޕާޓުން ހިމެނޭގޮތުންވަނީ ކޮމިޓީއެއް އެކުލަވާލެވި، މަސައްކަތް ފެށިފައިވާ ކަމަށާއި، މިކަންކަމާއި ގުޅޭގޮތުން އިތުރަށް އެއްޗެއް ދަންނަވަންއެނގޭނީ ކޮމިޓީގެ މަސައްކަތް ނިމުމުންކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް