ads
އަތޮޅުތެރޭގެ އެއާޕޯޓެއް
ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި ހަ ރަށެއްގައި އެއާޕޯޓް ތަރައްގީކުރަނީ
ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި ރާއްޖޭގެ ހަ ރަށެއްގައި އެއާޕޯޓްތައް ތަރައްގީކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި ރާއްޖޭގެ ހަ ރަށެއްގައި އެއާޕޯޓްތައް ތަރައްގީކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އިއްވެވި ރިޔާސީ ބަޔާންގައި މިކަން ހާމަކުރެއްވި ނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެމަނިކުފާނު ހިއްސާކުރައްވާފައެއް ނުވެ އެވެ. 

ރައީސް ވިދާޅުވީ ގައުމީ ތަރައްގީއާ ގުޅިފައިވާ އެންމެ މުހިންމު އެއް ކަމަކީ ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް އޮތުން ކަމަށެވެ. އެހެންކަމުން ކަނޑުމަގުންނާއި ވައިގެ މަގުން ދަތުރުކުރެވޭނެ، އިތުބާރުހުރި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް، ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއްދޭ ކަމުގައިވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ބައެއް ރަށްތަކުގައި މިހާރުވެސް ހަދަމުންދާ އެއާޕޯޓްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ ހއ. ހޯރަފުށްޓާއި މ. މުލި އަދި ގދ. ފަރެސްމާތޮޑާގައި ހަދާ އެއާޕޯޓު އަވަހަށް ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އަދި ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި ރާއްޖޭގެ 6 ރަށެއްގައި އެއާޕޯޓްތައް ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. 

މީގެއިތުރުން ރާއްޖޭގެ ރަށްތައް ކަނޑު ދަތުރުފަތުރުގެ ލުއިފަސޭހަ ނިޒާމަކުން ގުޅައިލުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ، ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް، މުޅިން އައު ދަތުރުތަކެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.


"މިމަޝްރޫއުގެ ދަށުން، ދުވެލި ހަލުވި، ތިމާވެއްޓާ ރަހްމަތްތެރި އަދި ރައްކާތެރި އުޅަނދުތަކެއްގެ އެހީގައި މިއަހަރުގެ ތެރޭގައި ޚިދުމަތް ފެށޭނެ،" ރައީސް ވިދާޅުވި އެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރުން ރާއްޖޭގައި މިހާރުވެސް ގެންދަނީ 13 އެއާޕޯޓެއް ހިންގަމުންނެވެ. އަދި އިތުރު ފަސް އެއާޕޯޓެއް މިހާރުވެސް ދަނީ ހެދުމުގެ މަސައްކަތް ކުރަމުންނެވެ. 

 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް