ads
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ
ޑިސްއެބިލިޓީ މެނޭޖްމަންޓް ޓްރެއިނިންގް ސެންޓަރެއް ގާއިމް ކުރަނީ
މި ހިނގާ 2022 ވަނަ އަހަރުގެ ތެރޭ ޑިސްއެބިލިޓީ މެނޭޖްމަންޓް ޓްރެއިނިން ސެންޓަރެއް ގާއިމް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

އިއްޔެ ހަވީރު ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖެންޑާ މިނިސްޓަރު އައިޝަތް މުހައްމަދު ދީދީ ވިދާޅުވީ، ހުޅުމާލޭގައި ޑިސްއެބިލިޓީ މެނޭޖްމަންޓް ޓްރެއިނިންގެ ސެންޓަރެއް ގާއިމް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް މިހާރު ފެށިގެން ކުރަމުން އަންނަ ކަމަށާއި، ސެންޓަރު އެޅުމަށް ބޭނުންވާ ބިންވެސް މިހާރު ހަމަޖެހިފައި ވާކަމަށެވެ. 

އަދި އެ ސެންޓަރުގެ ކޮންސެޕްޓުވެސް މިހާރު ތައްޔާރުކޮށް ނިމިފައި ވާކަމަށާއި، ސަރުކާރުން އެ ޕްރޮޖެކްޓު ހިންގުމަށް ހަތަރު މިލިއަން ރުފިޔާ ދީފައި ވީނަމަވެސް އިތުރަށްވެސް ފައިސާ ބޭނުންވާތީ މިހާރު ކުރަމުން ދަނީ އިތުރު ބަޖެޓު ހޯދުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މި ސެންޓަރަކީ 18 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށް ގާއިމްކުރާ ސެންޓަރެއް ކަމަށާއި، މި ސެންޓަރުގައި އެކޮމަޑޭޝަންވެސް ލިބިގެން ދާނެ ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި މި ސެންޓަރުން ފޯރުކޮށްދޭ ހިދުމަތަކީ ފެންވަރު ރަނގަޅު ހިދުމަތްތަކަކަށް ވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރާއްޖޭގައި ގެވެށި އަނިޔާ ކުރުމުގެ މައްސަލަތައް އިތުރުވެފައި ވާއިރު، ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ހާއްސަ ތަންތަން ގާއިމް ކުރުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް