ads
ބަންޑުން ޖަހާލި އަލް ސަލާމީ ކާގޯ ބޯޓު
30 މީހުނާއި އެކު ދަތުރު ކުރަމުންދިޔަ ބޯޓު އަޑިއަށްދާ ވީޑިއޯއެއް އާއްމުވެއްޖެ
ގިނަ އަދަދެއްގެ މުދާ ބަރުކޮށްގެން ދަތުރު ކުރަމުންދަނިކޮށް ޔުނައިޓެޑް އަރަބި އެމިރޭޓްސް(ޔޫއޭއީ) ގެ ކާގޯ ބޯޓެއް އީރާނުގެ އައްސޭރިފަށަށް އިއްޔެ ވަނީ ބަންޑުން ޖަހާލާފަ އެވެ.

އަލް ސަލާމީ ހައެއްގެ ނަމުން ނަންދީފައިވާ އެ ބޯޓަކީ ދުބާއީގެ ސަލާމް އަލް މަކްރާނީ ކާގޯ ކޮމްޕެނީން އޮޕަރޭޓް ކުރަމުންދާ ބޯޓެކެވެ. އެ ކުންފުންޏާއި ހަވާލާދީ ރޮއިޓާސްގައި ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، އެ ބޯޓު ބަންޑުން ޖަހާލީ އީރާނުގެ އައްސޭރިފަށުން ކަމަށާއި އެ ބޯޓުގައި އެވަގުތު 30 ފަޅުވެރިން ތިބިކަމަށެވެ. 

އެ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ވަނީ މީޑިއާގައި ދައުރުވާން ފަށާފައެވެ. ބޯޓު ބަންޑުން ޖަހާލީ މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުންނެެވެ. މިހާތަނަށް މި ބޯޓުން ދަތުރުކުރި 30 މީހުންގެ ތެރެއިން 29 މީހަކު ކަނޑުން ނަގައި، ސަލާމަތްކޮށްފައިވާއިރު، ބޯޓުގެ ޓީމު މެމްބަރުންގެ ތެރެއިން އެކަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެކަމަށް ހުރަސްތަކެއް ވަނީ ކުރިމަތި ވެފައެވެ.

އެ ބޯޓު ބަންޑުން ޖަހާލި އިރު އޭގައި ގިނަ އަދަދެއްގެ މުދާ ހުރި ނަމަވެސް އޭގައި ހުރީ ކޮން ބާވަތެއްގެ މުދަލެއް ކަމެއް އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ހާމަ ކޮށްފައި ނުވެއެވެ. އެހެން ނަމަވެސް އެ ބޯޓުގައި 26 މިލިއަން ޑޮލަރުގެ މުދާ ހުރިކަމަށް ބައެއް ރިޕޯޓްތަކުން ވަނީ ފާހަގަ ކޮށްފައެވެ. 

17%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް