ads
ކޮވިޑުގެ "ގޮތް ނޭނގޭ" އާ ވޭރިއަންޓެއް އަނެއްކާވެސް ފެނިއްޖެ
ކޮވިޑް-19 އިގެ އާ ވޭރިއަންޓެއް އިސްރާއިލުން ފެނިއްޖެ އެވެ.

އިސްރާއިލުގެ ހެލްތު މިނިސްޓްރީއާއި ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މި ވޭރިއަންޓު ފެނިފައިވަނީ، އިސްރާއިލަށް އެތެރެވި ދެ ދަތުރުވެރިއަކު، ބެން ގުރިއޯން އެއާޕޯޓުން ނެގި ޕީސީއާރް ޓެސްޓަކުންނެވެ.

މުޅި އާ ވޭރިއަންޓެއްގެ ދެ ކޮވިޑް ކޭސް ފެނިފައިވާކަން އެ ގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށް ނެރުނު ބަޔާނެއްގައި ވާގޮތުން، އެއީ އަދި ކޮން ވޭރިއަންޓެއް ކަމަށް އެގިފައެއް ނުވެއެވެ. އަދި ދުނިޔޭގެ އެހެން ސަރަހައްދަކުން އެ ވޭރިއަންޓު ފެނިފައިވާކަމަށް ރެކޯޑު ކުރެވިފައެއްވެސް ނުވެއެވެެ. އެެހެންކަމުން އެ ގައުމުން އެވޭރިއަންޓުގެ އަސްލު ދެނަގަތުމުގެ މަސައްކަތް ކުރަމުންދާއިރު، މި ވޭރިއަންޓަށް މިހާރު ދީފައިވާ ނަމަކީ، "އަންނައުން ވޭރިއަންޓް" ނުވަަތަ ގޮތް ނޭނގޭ ވޭރިއަންޓެވެ.

މި ވޭރިއަންޓުގެ އަލާމާތްތަކުގެ ތެރޭގައި އެ ގައުމުގެ ހެލްތު މިނިސްޓްރީން ފާހަގަކޮށްފައިވަނީ

  • އާދައިގެ ވަރަކަށް ހުން އައުން
  • ބޮލުގައި ރިއްސުން
  • އައްސިވުން ނުވަތަ މަސްގަނޑުގައި އާދަޔާ ހިލާފު ވަރުބަލިކަމެއް ހުންނަކަން އިހުސާސްވުން

އެ ގައުމުގެ މިނިސްޓްރީން ބުނިގޮތުގައި މިހާތަނަށް ބެލިބެލުމުން އެ ވޭރިއަންޓު އުފެދިފައިވަނީ ކޮވިޑް-19 އިގެ ބީއޭ1 އަދި ބީއޭ2 ވައިރަސް އެއްވެގެން އުފެދުނު އޮމްކްރޯންގެ ވާންގެ ދެ ވައްތަރެއްގެ ވޭރިއަންޓް އެއްވެގެން ކަމަށް ބެލެވެއެވެ.

މި އާ ވޭރިއަންޓާއި ގުޅިގެން އެގައުމުގެ ކޮވިޑް ރެސްޕޮންސް ހެޑް ސަލްމާން ޒަރްކާ ވިދާޅުވީ، ކޮވިޑަކީ މިހާރު ނޯމަލް ރޯގާއެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ބަަލަމުންދާ ކަމަށާއި، މި ވޭރިއަންޓުގެ ސަބަބުންވެސް މާ ސީރިއަސް ކޭސްތަކެއް ފެނިގެންދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. އެހެންކަމުން އާ ވޭރިއަންޓާއިމެދު ކަންބޮޑުވުން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް