ads
ރާއްޖޭގެ ރިސޯޓެއް
މިއަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް 1300 އެނދު އިތުރުވާނެ: ރައީސް
ފަތުރުވެރިކަމުގެ ދާއިރާއަށް މިއަހަރުގެ ތެރޭގައި އިތުރު 1300 އެނދު ނެރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް މިއަހަރުގެ ތެރޭގައި އިތުރު 1300 އެނދު ނެރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަށް މިއަހަރުގެ ތެރޭގައި އިތުރު 1300 އެނދާއެކު 13 ރިސޯޓާއި 74 ގެސްޓް ހައުސް އަލަށް ހުޅުވޭނެ ކަމަށެވެ. 

ރައީސް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ހިދުމަތް ދެމުން ގެންދިޔައީ 158 ރިސޯޓާއި، 607 ގެސްޓް ހައުސްއާއި، 12 ޓޫރިސްޓް ހޮޓަލާއި، 156 ސަފާރީ އެވެ. އެއީ ޖުމްލަ 50591 އެނދު ކަމަށްވެސް ވިދާޅުވި އެވެ. 

ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް މިދިޔަ އަހަރު ކަނޑައެޅި އަމާޒަށް ވާސިލްވެފައިވާ ކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ މިދިޔަ އަހަރު އަމާޒު ހިފީ 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ކަމަށާއި އަހަރު ނިމުނުއިރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި ކަމަށެވެ. 

"މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 14.7 އިންސައްތައިގެ އިތުރުވުމެއް. މިހާރު ސަރުކާރުގެ އަމާޒަކީ، 2021 ވަނަ އަހަރު ނިމުމުގެ ކުރިން 2.15 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެސް، މި ދައުރު ނިމުމުގެ ކުރިން ކޮންމެ އަހަރަކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.5 މިލިއަނަށް އިތުރުކުރުން،" ސަރުކާރުގެ މިހާރުގެ އަމާޒު ހުރި ގޮތް ރައީސް އިއުލާންކުރެއްވި އެވެ. 

ރައީސް ސޯލިހް ވިދާޅުވީ މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ހިޔަނި އެޅިފައިވާ ކަމަށެވެ. މިބަލީގެ ނުރައްކާތެރިކަން އާންމުވި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ފަތުރުވެރިކަމުގެ 13287 ބުކިން ކެންސަލްކޮށްފައިވާ ކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. 

"މިކަމުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މިއަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. މިދިޔަ އަހަރުވެސް ބޭރު ދުނިޔޭގައި ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުނު،" ރައީސް ވިދާޅުވި އެވެ. 

ކޮރޯނާ ވައިރަސް ޗައިނާގައި ހަލުވި ކަމާ އެކު ފެތުރެމުންދާތީ ދިވެހި ސަރުކާރުން ވަނީ އެއްވެސް ގޮތަކަށް ޗައިނާއަށް ގޮސްފައިވާ އެއްވެސް މީހަކަށް މިދުވަސްވަރު ރާއްޖެއަށް ނާދެވޭނެ ކަމަށް ނިންމާ އެކަން އިއުލާންކޮށްފަ އެވެ. ރާއްޖެއިން އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާ އިން ކަމަށްވެފައި ސަރުކާރުގެ މި ނިންމުމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އަށް ވަރަށް ބޮޑު އަސަރެއް ކުރާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް