ads
ވިލިމާލެ
ވިލިމާލެއިން ބިން ދޫނުކުރަން ސިޓީކައުންސިލަށް އަންގައިފި
ލޭންޑް ޔޫސް ޕްލޭން ފާސް ކުރުމުގެ ކުރިން ވިލިމާލެއިން އެއްވެސް ބިމެއް އެއްވެސް ބޭނުމަކަށް ދޫނުކުރުމަށް ހައުސިން މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ސޮއިކުރައްވާ މިދިޔަ ބުރާސްފަތި ދުވަހު މާލެ ސިޓީ ކައުންސިލަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ވިލިމާލެ އިން ބިން ދޫކުރެވޭނީ ލާމަރުކަޒީ ގާނޫނުގައިވާ ލޭންޑް ޔޫޒް ޕްލޭން މިނިސްޓްރީ އަށް ހުށަަހަޅައި ފާސްކޮށްގެން ކަމަށެވެ.

މާލޭ ސިޓީ ކައުންސިލަށް މިގޮތަށް އަންގާފައިވާއިރު  ވިލިމާލެ ސިނާއީ ސަރަޙައްދުން ވިލިމާލޭ ރައްޔިތުންނަށް އިޤްތިސާދީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް ސިޓީކައުންސިލުން ވަނީ ހުޅުވާލާފައެވެ.
މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ކައުންސިލުން ދޫކުރަން ނިންމާފައިވާ ބިންތަކަކީ ސްޓެލްކޯއާއި ދިރާގުގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކަކާ ކައިރީގައިވާ ބިންތަކެއް ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ  ޕްލޭން ފާސްކުރަން މިދިޔަ ނޮވެމްބަރު މަހު ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު ހައުސިން މިނިސްޓްރީން ބުނަނީ އެޕްލޭން ފާސްކުރަން ހުށަހަޅާފައިވަނީ ޑިސެމްބަރު މަހު ކަމަށެވެ. 

މިނިސްޓރީން ބުނާ ގޮތުގައި ހުށަހެޅި ޕްލޭންގައި މައްސަލަތަކެއް އުޅޭތީ އަލުން އިސްލާހުކޮށްފައި ހުށަހެޅުމަށް އެންގުމުން ހުށަހަޅާފައިވަނީ މާލޭގެ ލޭންޑްޔޫސް ޕްލޭން އެކަންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް