ads
އަދުހަމް މުހައްމަދު---
އަދުހަމްގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފްވެފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގޭ، އަދުހަމް މުހައްމަދުގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.

އަދުހަމްގެ ބަންދުގެ މުއްދަތު އެންމެ ފުރަތަމަ ޖަހާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އޭރު އޭނާގެ ބަންދަށްޖެހީ 15 ދުވަހެވެ. 

އޭގެ ފަހުން އެކި ފަހަރުމަތިން ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު އެންމެ ފަހުން ހަތް ދުވަސް އިތުރުކުރީ މިދިޔަ ހުކުރު ދުވަހު އެވެ.

ކްރިމިނަލް ކޯޓުން ވަނީ އަދްހަމުގެ މައްޗަށް ވައްކަމުގެ މައްސަލައެއް ސާބިތުވެ އޭނާގެ މައްޗަށް އެއް އަހަރާއި 12 ދުވަހަށް ޖަލު ހުކުމެއް ވެސް އިއްވާފައެވެ.

އަދުހަމްގެ މައްޗަށް ދައުލަތުން ދައުވާކުރި މައްސަލައެއްގައި ހަތަރު ފަހަރު ހުކުމްކުރިއިރު ގާސިމް މަރާލުމަށްފަހު ފިލައިގެން އުޅެނިކޮށް ފުލުހުން އަދުހަމް ހޯދައި ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.  

ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ހުޅުމާލެއިން ފެނުނީ މިދިޔަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް