ads
ފިނޭންސް މިނިސްޓްރީ---
ރޯދަ އިނާޔަތް ދިނުމަށް ފިނޭންސް މިނިސްޓްރީން ހަނދާން ކޮށްދީފި
ރޯދަ އިނާޔަތް އަންނަ ހޯމަ ދުވަހުން ފެށިގެން ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް އަންނަ ހޯމަ ދުވަހުން ފެށިގެން ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ 3،000 ރުފިޔާ ދިނުމަށް ހަނދުމަ ކޮށްދޭ ކަމަށެވެ. 

މީގެ އިތުރުން އެ މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައި ބުނެފައިވަނީ، އިނާޔަތް ދޭއިރު މުވައްޒަފަކު ސަރުކާރުގެ ދެ ވަޒީފާއެއްގައި މަސައްކަތް ކުރި ނަމަވެސް އިނާޔަތް ދޭން ވާނީ އޭނާގެ އަސާސީ ވަޒީފާ އަށް އެކަނި ކަމަށާއި، އަދި ޕޭލީވް އާއި ނޯޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އެލަވަންސް ނުދިނުމަށް ސާކިއުލާގައި ވަނީ އަންގާފައެވެ.

އެހެން ނަމަވެސް ޗުއްޓީ ނިންމާފައި ރޯދަ މަހު ވަޒީފާއަށް ނުކުންނަށް ފަށައިފި ނަމަ އެ ދުވަހަކުން ފެށިގެން ރޯދަ މަސް ނިމެންދެން ޖެހޭ އަދަދު ބަލައި އިނާޔަތުގެ ގޮތުގައި އެ އަދަދު ދިނުމަށް ވަނީ އަންގާފަ އެވެ.  

ރޯދަ މަހު ވަޒީފާއިން މުވައްޒަފަކު ވަކިވާ ނަމަ އެ މުވައްޒަފަކު ވަކިވާ ތާރީހުން ފެށިގެން ރޯދަ މަސް ނިމެންދެން ޖެހޭ އަދަދެއް ބަލައި އެ ފައިސާ އަނބުރާ ހޯދަން ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ. 

ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ ތެރެއިން ރޯދަ އިނާޔަތް ވައުޗަރުތައް މާދަމާގެ ވަގުތެއްގައި އޮފީސްތަކަށް ފޮނުވާނެ ކަމަށް ވެސް ސާކިއުލާގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް