ads
ދިޝާ ޕަޓާނީ--
ޖެލަސް ނުވެ ކުރިއަށްދާން މަސައްކަތް ކުރޭ: ދިޝާ
ފިލްމީ އާއިލާއަށް ނިސްބަތްވާ ކުދިންނަށް ފިލްމީ ދާއިރާއިން ފުރުސަތުތައް ފަހި ނަމަވެސް، ޖެލަސް ނުވެ ގަދަ އަޅާ މަސައްކަތް ކުރުން މާރަނގަޅު ކަމަށް ބަތަލާ ދިޝާ ޕަޓާނީ ބުނެފި އެވެ.

ނެޕޮޓިޒަމްއަކީ ކޮންމެ ދާއިރާގައި ވެސް އޮންނަ އެއްޗެއްކަން ފާހަގަކޮށް ދިޝާ ވަނީ އެކަމާއި ޖެލަސްވެފައި ހުރުމަށް ވުރެ ކާމިޔާބަށް ވާސިލުވުމަށް ހުނަރު ވަރުގަދަކުރުން މާބުއްދިވެރިވާނެ ކަމަށް ބުނެފަ އެވެ. 

ދިޝާ މިހެން ބުނެފައި މިވަނީ ފިލްމީ ދާއިރާއަށް ނިސްބަތްވާ ގިނަ ކުދިންތަކެއް އެ ދާއިރާއަށް ތައާރަފުވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވެފައިވަނީ ފިލްމީ ދާއިރާއަށް ނިސްބަތްވާ އާއިލާއެއްގެ މީހަކަށް ނޫނީ އެ ދާއިރާއިން ފުރުސަތެއް ނެތީތޯ ބުނެ އެވެ. 

ދާދިފަހުން، ޝްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރާއި ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ އަލީ ހާނުގެ އިތުރުން ޗަންކީ ޕާންޑޭގެ ދަރިފުޅު، އަނަންޔާ ޕާންޑޭ ފަދަ ތަރިން ވަނީ ބޮލީވުޑަށް ނުކުމެފަ އެވެ.

އޭގެ އިތުރުން ވެސް މިހާރު ބޮލީވުޑުގައި މަސައްކަތް ކުރާ ގިނަ ތަރިންނަކީ ފިލްމީ އާއިލާއާ ގުޅުން އޮންނަ ފަރާތްތަކެވެ. 

ދިޝާއަކީ ވެސް ކާމިޔާބު ތަރިއެކެވެ. ފިލްމީ އާއިލާއަކަށް ނިސްބަތް ނުވާ ދިޝާ ބޮލީވުޑަށް ނުކުތީ 2016 ވަނަ އަހަރު މަހެންދަރު ސިންގެ ހަޔާތަށް ނެރުނު "އެމްއެސް ދޯނީ" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ކާމިޔާބު ގިނަ ތަރިންނަކާއެކު ވެސް މަސައްކަތްކޮށްފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް