ads
ރޯދަޔަށް ކަދުރު ކިލޯއެއް ގަތުމެކޭ ސައިކަލެއް ގަތުމެކޭ އެއްވަރު: ރައީސް ނަޝީދު
ރޯދަޔަށް ކަދުރު ކިލޯއެއް ގަތުމެކޭ ސައިކަލެއް ގަތުމެކޭ އެއްވަރު ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ހުށަހަޅުއްވާފައިވާ އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހަޅުއްވައި ދެއްވަމުން މެމްބަރު ޔާސިރު ދެއްކެވި ވާހަކަފުޅަށްފަހު ރައީސް ނަޝީދު ވަނީ އެ ބިލާއި އަދި މާލޭގެ ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. 

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، މާލޭގައި އުޅަނދެއް ރަޖިސްޓްރީ ކޮށްދެނީ އެ އުޅަނދެއް ބަހައްޓާނޭ ތަނެއް ދެއްކުމުން ކަމަށެވެ. އަދި ގަވައިދުގެ ތެރެއިން އެކަން ކުރާނަމަ އެ އުޅަނދެއް މަގުމަތީގައި އޮންނަންވީ އެއްވެސް ސަބަބެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައިސް ނަޝީދު ވިދާޅުވީ ފައިސާ ދައްކާ ހަލާސްކުރާ އުސޫލުން ސައިކަލެއް ގަންނަން ހަތަރު ހަތަރު ވަނާއަށް (ފަންސަވީސް ލާރި)އަށް ލިބޭކަމަށެވެ. 

"ސައިކަލެއް މިހާރު އެބަ ވިއްކާކަމަށް އަޅުގަނޑަށް ލަފާކުރެވިފައި އޮތީ، ހަގީގަތުގައި ވިއްކާ މީހާ ރުފިޔާ ދީގެން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރޯދަޔަށް ކަދުރު ކިލޯއެއް ގަތުމެކޭ ސައިކަލެއް ގަތުމެކޭ އެއްވަރު ވެފައިވާކަމަށެވެ. 

44%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް