ads
ބޭންކުން ހިދްމަތްދެނީ
ބީއެމްއެލްއިން ރޯދަ މަހު ހިދުމަތް ދިނުމަށް ދޭ ގަޑިތައް ހާމަކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން 1443 ވަނަ އަހަރުގެ ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު އެ ބޭންކުގެ ރަސްމީ މަސައްކަތު ގަޑިތައް ހާމަކޮށްފިއެވެ.

ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 އަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެއެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައްވެސް މި ރަމަޟާންމަހު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. އަދި ބޭންކުގެ ކޮންޓެކްޓް ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ދެމުންދާނެއެވެ.

މި މުއްދަތުގައި ހިދުމަތްތަކަށް ކަނޑައެޅިފައިވާ ވަގުތުތައް ތިރީގައި މިވަނީއެވެ.

ތަފްސީލު

ހިދުމަތް

ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކްތައް އެދުވަހު ޕްރޮސެސް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން (ޓީޓީ)

ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން

ޕޭ ރޯލް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން)

ލޯކަލް ޓްރާންސްފަރ އެންޑް ޕޭމަންޓްސް

ހެނދުނު 09:00 ގެ ކުރިން ޖަމާކުރާ ޗެކްތައް އެދުވަހު ޕްރޮސެސް ކުރުމަށްވަނީ ހަމަޖެހިފައެވެ.

އެހެން ބޭންކްތަކުގެ ޗެކް ޕްރޮސެސް ކުރުން

މަތީގައި ދެންނެވިފައިވާ ވަގުތުތަކުގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސްކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހެއްގައެވެ.

ކިއުބީ ޓޯކަން

ބީއެމްއެލް މެއިން ބްރާންޗް އަދި ބީއެމްއެލް އިސްލާމިކް އިން ހިދުމަތް ހޯއްދެވުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނަންގަވާށެވެ. އަދި ހިދުމަތް ހޯއްދެވުމަށް ބޭންކަށް ވަޑައިގެންނެވުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިއްބެވި ކަސްޓަމަރުންގެ އަދަދު ޗެކްކޮށްލުމަށްވެސް އެދެމެވެ. ކަސްޓަމަރ ސަރވިސް ސެންޓަރ އަށް ވަޑައިގަންނަވާ ކަސްޓަަމަރުންނަށް ކިއުބީ ނަންބަރާ ނުލައި ހިދުމަތް ލިބޭނެއެވެ.

your imageބޭންކް މުވައްޒަފުން

އެޕޮައިންޓްމަންޓަށް ދެމުންދާނެ ހިދުމަތްތައް

އެކައުންޓް އޯޕެނިން ސެންޓަރ، ލޯން ސެންޓަރ އަދި ބިޒްނަސް ސެންޓަރތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށެވެ. ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެއެވެ.

https://www.bankofmaldives.com.mv/book-appointment

ބޭންކުން ކަސްޓަމަރުންގެ ކިބައިން އެދެނީ ބީއެމްއެލް އިންޓަރނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިން ހިދުމަތްތައް ހޯއްދެވުމެވެ.  

އެންމެހާ ކަސްޓަމަރުންނަށް ބަރަކާތްތެރި ރަމަޟާންމަހުގެ ތަހުނިޔާ ދަންނަވަމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް