
ސިޓީ ކައުންސިލުން މަސައްކަތް ކުރީ ރަމަޟާން މަހާ ގުޅިގެން އާންމުންނަށް ހެޔޮ އަގުގައި ރޯދައަށް ބޭނުންވާ ސާމާނު ހޯދައިދިނުމުގެ ގޮތުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އެހީތެރިވުމުގެ ގޮތުން ދިހަ ދުވަހުގެ މުއްދަތަކަށް ނައިޓް މާކެޓް ކުރިއަށް ގެންދިއުމަށެވެ.
އެހެން ނަމަވެސް މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މާލެ ސިޓީ ކައުންސިލުން ރޯދަ އަށް ހާއްސަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ "ސިޓީ ނައިޓް މާކެޓް" ވަގުތު ނެތުމުގެ ސަބަބުން ކުރިއަށް ނުގެންދިއުމަށް ނިންމާފައި ވާކަމަށެވެ.
ކައުންސިލުން ބާއްވަން މަސައްކަތް ކުރި ނައިޓް މާކެޓް ކެންސަލް ކުރުމަށް ނިންމާފައި ވާއިރު، މި ނައިޓް މާކެޓްގެ ކޯ އޯގައިނަޒަރު ކަމަށް ފިއުޗާ ޕްރައިވެޓް ލިމިޓެޑް މާލެ ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފައެވެ.
ސިޓީ ކައުންސިލުން ނައިޓް މާކެޓް ކެންސަލް ކުރިކަން އިއުލާން ކޮށްފައިވަނީ، ނައިޓް މާކެޓް ބޭއްވުމަށް މަދު ގަޑިއިރަކަށް ވެފައި ވަނިކޮށެވެ.