ads
އުމުރުން 16 އަހަރުގެ ޔަން ޗެންގް-- ފޮޓޯ: ވެއިބޯ
ބައްޕަ ކަރަންޓީން ކުރުމުން އަޅާލާނެ މީހަކު ނެތި ހާއްސަ އެހީއަށް ބޭނުންވާ ޗައިނާ ކުއްޖަކު މަރުވެއްޖެ
ސެރެބްރަލް ޕަލްސީ ހުންނަ ޗައިނާ ކުއްޖެއްގެ ބައްޕަ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ކަރަންޓީން ކުރުމާއެކު، އެ ކުއްޖާއަށް އަޅާލާނެ މީހަކު ނެތި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެ މައްސަލައާ ގުޅިގެން ސަރުކާރުގެ ދެ އޮފިޝަލަކު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އުމުރުން 16 އަހަރުގެ ޔަން ޗެންގް މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ބުދަ ދުވަހު އެވެ. 

އެ ކުއްޖާގެ ހަށިގަނޑު ފެނުނީ އޭނާގެ ބައްޕަ އާއި ބޭބެ ކެރެންޓީނު ކުރިތާ ހަފްތާއެއް ފަހުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ ހަފްތާ ތެރޭގައި އެ ކުއްޖާއަށް ކާން ވެސް ދީފައި ވަނީ އެންމެ ދެ ފަހަރެވެ. 

ޔަން ޗެންގްގެ މަރާ ގުޅިގެން ހުއަޖިއަހޭ އަވަށުގެ މޭޔަރާއި، އެ އަވަށުގެ ކޮމިއުނިސްޓް ޕާޓީ ސެކެޓްރީ ވަނީ މަގާމުން ވަކިކޮށްފަ އެވެ. 

ހުއަޖިއަހޭ އަވަށަކީ ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު އަދި އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ހުބެއި ޕްރޮވިންސުގެ އަވަށެކެވެ. 

ސެރެބްރަލް ޕަލްސީއަކީ ޅަފަތުގައި ފެންނަން ފަށާ ހާއްސަ އެހީއަށް ބޭނުންވުމަށް މެދުވެރިވާ ހާލަތެކެވެ. އެ ހާލަތު ދިމާވާ މީހުން ތުރުތުރު އެޅުމާއި، މަސްތަކުގެ ބާރު ނެތުމާއި، ދިރުވަން އުނދަގޫވުމާއި، ފެނުމާއި ވާހަކަ ދެއްކުމާއި އަޑު އިވުމުގައި މައްސަލަތަކެއް ދިމާވުން އެކަށީގެންވެ އެވެ. 

ޔަން ޗެންގްގެ އެ މައްސަލަ ހުންނާތީ، ކެރެންޓީން ކުރުމުގެ ކުރިން އޭނާގެ ބައްޕަ ވަނީ ދަރިފުޅަށް ކާންދީ ހެދުމަށް ޗައިނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުންގެ އެހީއަށް އެދިފަ އެވެ. 

އެ ކުއްޖާގެ މަރުގެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ޗައިނާ ސަރުކާރުން ބުނެ އެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
53%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް