ads
--- ފޮޓޯ؛ އެމްޕީއެލް
2،400 ޓަނަށްވުރެ ގިނަ މުދާ ރޯދަ އާ ދިމާކޮށް އައްޑޫއަށް
ކުރިޔަށް އޮތް ރޯދަމަހާ ދިމާކޮށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި (ޕެރިޝަބަލް ގުޑްސް) ގިިނަ އަދަދަކަށް އައްޑޫ ސިޓީ ހިތަދޫއަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެލް އިން ބުނީ، ސަރުކާރުގެ، ޝިޕިން ކުންފުނި އެމްއެސްއެސްގެ އެމްވީ ބޮންތި-2 ވަނީ ިއިއްޔެ ހިތަދޫ ޕޯޓަށް ބަނދަރުކޮށްފައި ކަމަށެވެ. 

ރޯދައަށް ހާއްސަކޮށް އައްޑޫއަށް ގެންގޮސްފައިވާ ޝިޕްމަންޓުގައި ހިމެނޭ ތަކެތި:

  • ބިސް - 8،593 ކޭސް
  • ފިޔާ - 7،940 ބަސްތާ
  • އަލުވި - 2،525 ބަސްތާ
  • ކެބެޖް - 340 ބަސްތާ
  • ޓޮމާޓޯ - 348 ބަސްތާ
  • ދޮންކެޔޮގަނޑު - 170
  • ބަރަބޯ - 24 ބަސްތާ
  • ކަރާ - 980 ބަސްތާ
  • އަލަނާސި - 110 ބަސްތާ 

މިކަމާ ގުޅިގެން ހިތަދޫ ޕޯޓުގެ ޗީފް މެނޭޖަރު އިބްރާހިމް ރަޝީދު ވިދާޅުވީ، ހަލާކުވާ ޒާތުގެ ކާބޯތަކެތި (ޕެރިޝަބަލް ގުޑްސް) މިއަދު އެއްކޮށް ކްލިއާ ކޮށް ދޫކޮށް ނިމެނޭ ކަމަށާއި، އަދި ގެނައި ތަކެތީގެ ތެރެއިން ގިނައީ އެސްޓީއޯގެ މުދާކަމަށެވެ. އަދި މި ޝިޕްމަންޓްތަކުގެ ތެރޭގައި އާންމު ވިޔަފާރިވެރިން ރޯދައަށް ހާއްސަކޮށް ގެނައި މުދާތައް ވެސް ހިމެނޭކަމަށް އިބްރާހިމް ވިދާޅުވިއެވެ. 

"މިއީ އާންމުކޮށް އައްޑޫއަށް މަހެއްގެ މައްޗަށް ގެންދާ މުދަލުގެ ނިސްބަތަށް ބަލާއިރު ބޮޑުތަނުން އިތުރު އަދަދަކަށްވާއިރު، ޖުމްލަ 2439.334 ޓަނު ކާގޯ މި ބޯޓުގައި އައްޑުއަށް ވަނީ ގެންގޮސްފައި. މީގެ ތެރޭގައި ޕެރިޝަބަލް ގުޑްސްގެ އިތުރަށް 70.88 ޓަނު ޕްރޮޖެކްޓް ކާގޯ އަދި 1000 ބަސްތާ ސިމެންތި ވެސް ހިމެނޭ" އެމްޕީއެލް އިން ބުނެއެވެ.

ކުރިޔަށް އޮތް ދެ ދުވަސް ތެރޭގައި ދެ ބާވަތުގެ ކާގޯ ބޯޓުން ބާލައި ކްލިއާކޮށް ނިމޭނެކަމަށް އިބްރާހިމް އާ ހަވާލާދީ އެމްޕީއެލް އިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް