ads
ފޮޓޯ: މަޖިލިސް
ރޯދަ މަހު މަޖިލިސް ޖަލްސާތައް ފަށާނީ 10:30 ގައި
ކުރިއަށް މިއޮތް ރަމަޟާން މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދާނެ ގަޑިތައް މަޖިލީހުން އިއުލާން ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރަމަޟާން މަހު މަޖިލީހުގެ ޖަލްސާތަކުގެ ފުރަތަމަ ދަންފަޅި ފެށުމަށް ހަމަޖެހިފައި ވަނީ، ހެނދުނު 10:30 ގައި ކަމަށާއި، އެ ދަންފަޅި ނިމޭނީ މެންދުރު 12:00 އަށް ކަމަށެވެ. 

އަދި ގަޑިއިރަކަށް ފަހު ދެވަނަ ދަންފަޅި ފެށުމަށް ހަމަޖެހިފައިވަނީ، 13:00 ގައި ކަމަށާއި ދެވަނަ ދަންފަޅި ނިމޭނީ 14:00 ގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ރަމަޟާން މަހާއި ދިމާކޮށް މަޖިލީހުގެ ނަމާދު ކުރާ ކޮޓަރި ބަދަލު ކުރެވިފައި ވާކަމަށާއި، ނަމަވެސް މަޖިލީހުގެ 87 މެމްބަރުން އެއްފަހަރާ ވަޑައިގެންފިނަމަ މައްސަލަ ދިމާވާނެ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާ އަކީ މި ރަމަޟާން މަހުގެ ކުރިން ބާއްވާ ފަހު ޖަލްސާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް