ads
ވޭނީކަރުނަ
ކަރުނައިގެ ހަޔާތެއް!
އެއީ އަހަރެންގެ ހިތުގެ ވިންދެވެ. މޭގެ ފިނިކަމެވެ. އެންމެ ފަހު ވިންދާ ޖެހެންދެން އަހަރެންގެ ހިތުން އޭނާޔަށްޓަކާ ދެވިފައިވާ ގަދަރަށް ދުވަހަކުވެސް ފަނޑުކަމެއް ނާންނާނެ އެވެ. އެ ހިތުގެ އެންމެ ހިމަނާރާއި، އަހަރެންގެ ވިންދު ކުޅެލީ އެންމެ ފަޅި ސިކުންތެއްގެ ތެރޭގައެވެ. އެ ހިތުން ޖަހަމުންދިޔަ ވިންދު މި ހިތުގާ ވަނީ ބިންވަޅު ނެގިފައެވެ. މިއީ ނަޖުދާގެ ހިތުގެ އިހުސާސް ތަކެވެ. ނަޖުދާގެ ހިތުގައި ޖަހަމުން ދިޔަ ވިންދެވެ. ނަޖުދާ ހިތުގައި އުފެދިފައިވާ ވޭނީ ކަރުނައިގެ އޮއިވަރެވެ.

އިނާސް އަށްޓަކާ ނަޖުދާ ވަމުންދިޔަ ގުރުބާނީގެ އަގުގެ ބަދަލުގައި އިނާސްގެ ފުށުން ހުދު އެއްވެސް އެއްޗެއް ނަޖުދާ ބޭނުންނުވި ނަމަވެސް ނަޖުދާވަނީ އެ ލޯތްބަށް ފެންބޮވައި ގަނެފައެވެ. ނަޖުދާވީ ތެދުވެރި ލޯބީގެ ނަތީޖާ ދައްކަން އޭނާ ބޭނުންވީ ތެދުވެރި ކަމާއި އޯގާތެރި ކަމާއި ކުލުނުގެ ތެދުވެރި މިސާލުންނެވެ.

ނަޖުދާގެ އުމުރުން 18 އަހަރުގައި ކައިވެނީގެ ގޮށް އިނާސްއާއެކު ޖެހީ ދެމީހުން ވެވުނު ލޯބިން ނެވެ. ލޯބިން ދުވަސްތައް ފާއިތުވެ، ވަގުުތުތައް ގުނަމުން ދިޔައީ ދުވަހަކުވެސް އެކަކު އަނެކަކަށް ވަކި ނުވާނެ ކަމަށް ވައުދުތަކާއި، އަހުދުތައް ވަމުންނެވެ. ކައިވެއްޏަށް ދެ އަހަރުވި އިރު ނަޖުދާ އިނާސްގެ ދަރިއަކަށް ބަނޑުބޮޑު ވިއެވެ. ނުވަމާހާއި 10 ދުވަސް ފުރުވާ ލޯބި ލޯބި ތުއްތު ކުއްޖަކު ނަޖުދާގެ ބަނޑުން އުފަންވި ވަގުތަކީ ނަޖުދާގެ ހަޔާތަށް އައި އެންމެ އުފާވެރި ވަގުތެވެ. 

ނަމަވެސް އެ ދުވަސް ބަދަލުވާން މާކަގިނަ ދުވަހެއް ނުނެގިއެވެ. ދަރިފުޅަށް އެއް އަަހަރުވެ ބޭއްވި އުފަންދުވަހުގެ ޕާޓީގެ ތެރެއިން ފެނިގެން ދިޔައީ ހިތްދަތި މަންޒަރެކެވެ. ގަބޫލު ކުރަން ބޭނުުން ނުވިޔަސް ޕާޓީ އަށް މެހުމާނެއްގެ ގޮތުގައި އިނާސް ގެނެސްފައި ހުރީ އިނާސްގެ ރަހުމަތް ތެރި އެއް ނޫނެވެ. ފިރިމީހާ އިނާސް، އެކުވެރިއެއް ކަމަށް ބުނެ ގެނައްސަ ހުރީ އިނާސް ސުކޫލު ދައުރުގެ ލޯބި ވެރިއާއެވެ.

އެ ދުވަހަށްފަހު ނަޖުދާ ފިރިމީހާދެކެވީ ލޯބި ޝައްކުގެ ނުބައި ބައްޔަށް ފުރޮޅާލަން ޖެހުނެވެ. ހިލޭ އަންހެނަކަށް ފިރިމީހާގެ ފޯނުން، ކޮށްފައިވާ ގިނަ މެސެޖު ތަކާއި، ފޮޓޯ ތައް ފެނި ނަޖުދާ އާއި އިނާސްގެ ދިރިއުޅުމަށް އެތައް ފަނިފަކުސާ އެއް ޝިކާރަ ކުރިއެވެ. 

ފިރިމީހާ އެހެން އަންހެނަކާ ގުޅުން އޮނަންކަން އެނގި ހުރެވެސް ނަޖުދާ އިނާސް އާ ވަކިވާން ބޭނުން ނުވިއެވެ. ހިތްދަތި ކަމާއި ކެކުޅުމާއެކު އެ ދިރި އުޅުމުގެ ރަހަޔަށް އެދިހުރި ނަޖުދާ ދެވަނަ ދިރިއުޅުމަކަށް ނުވަތަ ދެވަނަ ހަޔާތަކަށް ދާކަށް ބޭނުމެއް ނޫނެވެ. ނަޖުދާ ބޭނުންވީ ނަޖުދާ ލޮލުގައި ފޭދިފައިވާ ކަރުނަޔާ އެކުވެސް އިނާސް އާ އެކު މުޅި ދިރިއުޅުން ހޭދަ ކުރާށެވެ. ހިތަށް ލިބުނު އަނިޔާ ތަކާއި ވޭނަށް ކެތް ނުކުކުރެވޭ ހާލުވެސް މެއެވެ. 

އެ އުފާވާވެރި ދިރި އުޅުމަށް ވަނީ އެތަކެއް ފަނިފަކްސައެއް ވަދެ ކަތުރުފަނީގެ ހާއްޔަކަށް މުޅި ދިރިއުޅުން ބަދަލު ކޮށް ފައެވެ. އިނާސް އަށް އޭނާގެ އަނބިމީހާއަށް ވުރެ އެހެން އަންހެނަކު އިސްކުރެވުނު ހިސާބުންނެވެ. އަނބިމީހާގެ އުފާތަކުގައި ކޮޅުފައިން ޖެހުމަށްފަހު، އިނާސް ދިޔައީ ހިލޭ އަންހެނަކާއިއެކު ވަގުތު ހޭދަ ކުރަމުން ނެވެ.

ނަޖުދާ އިނާސްދެކެވީ ތެދުވެރި ލޯތްބަށް ބެލުމެއް ނެތި، ދެވަނަ ކައިވެންޏަކަށް ފެންބޮވައި ގެންފައިވާ އިނާސް، ދެ އަނތްބަށް މީހަކާ އިނެވެ. ނަޖުދާގެ ދިރި އުޅުމަށް ކަޅު އަނދިރި ވިލާގަނޑެއް ގެނުވާ ފައެވެ. ނަޖުދާގެ ހިތަށް ލިބުނު އަނިޔާވެރި ކަމާއެކު ޒަހަމްތަކުގައި މަލަން އަޅާ ފޮރުވާލުން ނޫން ގޮތެއް އޭނާ އަކަށް ނެތެވެ. ލިބިފައި ހުރި ދަރި އަށްޓަކައި ނަޖުދާ އެ މަޖުބޫރު ދިރި އުޅުމުގައި، ލޯބިން ކަނު އަނދިރި ހަޔާތެއް ހޭދަކުރަމުން ދިޔައެވެ. އިނާސްގެ ހަނގު އަނބީގެ އަޅެއްގެ ގޮތުގައި ނަޖުދާ އުޅެމުން ދިޔައީ ހިތް އަދައަދާ ހުރި ހާލުގައެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް