ads
އައިކޮމްއާއި ޓީއެމް ގުޅިގެން މަސައްކަތް ކުރަން އެއްބަސްވުމެއްގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އައިކޮމް
އައިކޮމްއާއި ޓީއެމް ގުޅިގެން މަސައްކަތް ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އޮފީހުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު އެވެ. ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެތަނުގެ އެޑްވޮކަސީ އެންޑް ކޮމިއުނިކޭޝަން މެނޭޖަރު އައިމަން ރަޝީދު އެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނީ މިއެއްބަސްވުމާ އެކު ދެ ފަރާތް ގުޅިގެން މަސައްކަތް ކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ބޭނުންވާ ފަންނީ ލަފައާއި މުވައްޒަފުން ތަމްރީން ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

"އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް"ގެ ނަމުގައި އޮފީހެއް އުފައްދާފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުންނެވެ.

މިގާނޫނު ޑްރާފްޓް ކުރުމުގައި އދ. ގެ ހިއުމަން ރައިޓްސް އިނީޝިއޭޓިވްއާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް