ads
ކިންގް ސަލްމާން މިސްކިތް ސަރަހައްދުގައި ގިނަ ބަޔަކު
ސަލްމާން މިސްކިތް ހުޅުވާލުމާއިއެކު ހުކުރު ކުރީ މުޅި ސަރަހައްދު ފުރާލައިގެން!
ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގައި މާލެ ސަރަހައްދުގައި އިމާރާތް ކުރި، ކިންގް ސަލްމާން މިސްކިތް މިއަދު ހުޅުވުމާއި އެކު އެ މިސްކިތުގައި އެތައް ސަތޭކަ ބަޔަކު މިއަދުގެ ހުކުރު ނަމާދު ޖަމާ އަތުގައި ކޮށްފިއެވެ.

ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވި ނަމަވެސް އެ ތަނުގައި އަންނަ ރޯދައަށް ނަމާދުކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާން ކުރީ މާޗް މަހުގެ 20 ވަނަ ދުވަހުއެވެ. އެގޮތުން މިއަދުގެ ހުކުރު ނަމާދާއި އެކު އެ މިސްކިތުގައި ނަމާދު ކުރަން ފެށިއިރު މާލެ ސަރަހައްދުގެ ގިނަ ބަޔަކު މިއަދު ހުކުރު ނަމާދު ކުރީ އެ މިސްކިތުގައި ކަން ފާހަގަ ކޮށްލެވެއެވެ. 

އެ ސަރަހައްދުގެ މަންޒަރުތައް ފެނުނު ގޮތުން އެތައް ސަތޭކަ ބަޔަކު މިސްކިތުގެ އެތެރެއާއި މިސްކިތުގެ ގޯތި ތެރޭ ނަމާދު ކުރިއެވެ. އަދި މިއީ ފަހުގެ ތާރީހެއްގައި މާލޭގެ އެއް މިސްކިތެއްގައި މިހާ ގިނަ އަދަދެއްގެ ބަޔަކު އެއް ޖަމާއަތެއްގައި ނަމާދު ކުރި ފުރަތަމަ ފަހަރުވެސް މެއެވެ. 

މިއަދުގެ ހުކުރު ނަމާދުން ފެށިގެން މަސްޖިދު ސަލްމާންގައި އާއްމުކޮށް ނަމާދު ކުރަން ފެށިއިރު މަސްޖިދު ސަލްމާންގެ އިމާމަކަން އައްޝައިހް ނަސްރުﷲ އަލީ ވަނީ ހަމަޖައްސަވާފައެވެ. 

މިއަދު ސަލްމާން މިސްކިތުގައި ނަމާދު ކުރަން ފެށުމާއި ގުޅިގެން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނުގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާކަމާ ދީނީ ސިޔާސަތުގެ ފުރިހަމަކަން ރަމްޒުކޮށްދޭ ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރަންފެށި މި އުފާވެރި މުނާސަބަތުގައި ރައީސް ޔާމީނަށް މަރުހާބާ ދަންނަވާ ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ. އަދި ސަލްމާން ރަސްގެފާނުގެ އިތުރުން ސައުދީ ސަރުކާރަށްވެސް އަބްދުއް ރަހީމް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. 

ސަލްމާން މިސްކިތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީ ސަރުކާރުގެ އެހީގައި ބިނާ ކޮށްފައިވާ މިސްކިތެކެވެ. ސަލްމާން މިސްކިތް އިމާރާތް ކުރުމަށް ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ) ހަރަދު ކޮށްފައި ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް