ads
"ޗަޕާކް"ގެ ދެވަނަ ލަވަ ނެރެފި
"ޗަޕާކް"ގެ ދެ ވަނަ ލަވަ ނެރެފިއެވެ.
"ޗަޕާކް"ގެ ދެ ވަނަ ލަވަ ނެރެފިއެވެ.

"ޗަޕާކް" ނަމަކަށް ކިޔާ އެލަވަ ނެރެފައިވަނީ އިއްޔެއެވެ. ޝަންކަރު މަހާދޭވް ކިޔާފައިވާ އެލަވައަށް ބޮޑުތަރުހީބެއް ލިބެމުން އަންނައިރު މިއީ ޗަޕާކްގެ ޓައިޓަލް ލަވަ ވެސް މެއެވެ.


"ޗަޕާކް" އަކީ އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމެކެވެ. އެފިލްމުގައި ލަކްޝްމީގެ ރޯލުން ފެނިގެންދަނީ ދީޕިކާ ޕަޑުކޮންއެވެ.

އުމުރުން އެންމެ 15 އަހަރުގައި އެސިޑު ހަމަލާއެއްގެ ޝިކާރައަށް ލަކްޝްވީ އުމުރުން 32 އަހަރުގެ ފިރިހެނަކު އޭނާއަށް ލޯބި ހުށަހެޅުމުން އެ ހުށަހެޅުން ގަބޫލު ނުކުރުމުންނެވެ.

އާއިލާގެ އެހީތެރިކަމާއެކު އެ ހިތާމަތަކުން ތެދުވެ ލަކްޝްމީ ވަނީ އެސިޑު ހަމަލާގެ ޝިކާރައަކަށްވާ މީހުންނަށް އަމާޒުކޮށް އެންޖީއޯއެއް ހުޅުވާފަ އެވެ.

މިމަހުގެ 10 ވަނަ ދުވަހު މި ފިލްމު ނެރުމަށް ނިންމާފައިވާއިރު މި ފިލްމުގައި ދީޕިކާއާ އެކު ފެނިގެން ދާނީ ވިކްރަންތު މެކްސޭ އެވެ.

ވިކްރަންތު މިފިލްމުގައި ފެނިގެން ދާނީ، ލަކްޝްމީގެ ފިރިމީހާ، އަލޯކް ޑިކްސިތުގެ ރޯލުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް