ads
މަހްލޫފް
ހަތަރު އަހަރު ފަހުން އަނެއްކާވެސް ގަލޮޅު ދަނޑު އަޅާ ވާހަކަ
ހަތަރު އަހަރު ފަހުން، އަނެއްކާވެސް ގަލޮޅު ދަނޑު ތަޅާލާ އައު ދަނޑެއް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

ދަނޑެއްގެ ކުރެހުންތަކަކާ އެކު ކުރެއްވި ޓްވީޓެއްގައި މަހްލޫފު މިއަދު ވިދާޅުވީ، ގަލޮޅު ދަނޑު ތަރައްގީ ކުރަން ނިންމާފައިވަނީ އިންޑިޔާގެ އެލްއޯސީގެ ދަށުން ބަޖެޓް ކުރެވިގެން ކަމަށެވެ. މިއަދު ކުރެއްވި ޓްވީޓެއްގައި މަހްލޫފު އެހެން ވިދާޅުވި އިރު، ދެހާސް ނަވާރަވަނަ އަހަރު ކުރެއްވި ޓްވީޓެއްގައި މަހްލޫފުވަނީ ގަލޮޅު ދަނޑު ހަދަން ފައިސާ ހޯއްދެވުމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

ދެހާސް ނަވާރަވަނަ އަހަރު މަހްލޫފު ވިދާޅުވެފައިވަނީ ދަނޑުގެ ސިޑިބަރި ބޭނުން ނުކުރަން ޕްލޭނިންގ މިނިސްޓްރީން އަންގާފައިވާ ކަމަށާއި އެހެންކަމުން ސިޑިބަރި ބޭނުން ކުރަން ހުއްދަ ނުދެވޭނެ ކަމަށެވެ.

ރައްޔިތުންގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ކަމެއް ހުއްދަ ނުދެވޭނެ.

އޭރު މަހްލޫފު އެހެން ވިދާޅުވި ނަމަވެސް މިދިޔަ އަހަރު މާލޭގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ގަލޮޅު ދަނޑު އެއްކޮށް ފުރިބާރުވިއެވެ. ގަލޮޅު ދަނޑުގެ ސިޑިބަރި ބޭނުން ނުކުރުމަށާއި ރައްޔިތުންގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ކަމަށް ވިދާޅުވެފައި އޮތް ނަމަވެސް ސާފް ޗެމްޕިއަންޝިޕުގައި ފެނުނީ މުޅިން އެހެން މަންޒަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް