ads
މެލޭޝިއާ---ފޮޓޯ: ޓްވިޓާ
މެލޭޝިއާގެ އިމާރާތެއްގެ 21 ވަނަ ބުރިން 3 އަހަރުގެ ދިވެހި ކުއްޖަކު ވެއްޓި މަރުވެއްޖެ
މެލޭޝިއާގެ އިމާރާތެއްގެ 21 ވަނަ ބުރިން 3 އަހަރު ކުއްޖަކު ވެއްޓި މިއަދު މަރުވެއްޖެއެވެ.
މެލޭޝިއާގެ އިމާރާތެއްގެ 21 ވަނަ ބުރިން 3 އަހަރު ކުއްޖަކު ވެއްޓި މިއަދު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ ގާތްގަނޑަކަށް ތިން އަހަރާއި ބައި އުމުރުގެ ފިރިހެން ކުއްޖެކެވެ.

އެ ކުއްޖާ ވެއްޓިފައި ވަނީ ކޮން އިމާރާތަކުން ކަން އަދި ކަށަވަރު ވެފައިނުވާއިރު އެ ކުއްޖާ ވެއްޓިފައި ވަނީ އުސް އިމާރާތެއްގެ 21 ވަނަ ފަންގިފިލާއިން ކަމަށް މައުލޫމާތު ލިބެއެވެ.

އެ ކުއްޖާ ވެއްޓެން ދިމާވި ހާދިސާ މިހާރު މެލޭޝިއާ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާއި ގުޅިގެން ފޮރިން މިނިސްޓްރީން ވިދާޅުވީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން އެ ކުއްޖާގެ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރު ކޮށްދެމުން އަންނަ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް