ads
ރާއްޖޭ ގެއެއްގައި ރޯދަ ވީއްލަން ތައްޔާރު ކޮށްފައި --
ރޯދަ ވީއްލާ ފޮޓޯ ޓުވީޓްކޮށްގެން ބީއެމްއެލް އިން 1،500 ރުފިޔާ ލިބިދާނެ!
ރޯދަ ވީއްލުމުގެ ފޮޓޯ ޓުވިޓާަގައި ޕޯސްޓްކޮށްގެން 1،500 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް އިން ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ، ރަނގަޅު ކާނާ އާއި ރައްޓެހިން އަދި އާއިލާއާއެކު ރޯދަ ވީއްލާ ވަގުތު ނަގާފައިވާ ފޮޓޯއެއް #RoadhaWithAmex ޓެގު ކުރުމަށްފަހު ޓުވީޓާއަށް ޕޯސްޓްކޮށްގެން 1،500 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށެވެ. 

އެގޮތުން މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު 1،500 ރުފިޔާ ލިބޭ ދެ ނަސީބުވެރިން ހޮވާނެ ކަމަށާއި، މި ޕްރޮމޯޝަން ކުރިޔަށްދާނީ މި މަހުގެ 30 ގެ ނިޔަލަށް ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ. 

ބީއެމްއެލް އިން ވަނީ ރޯދަ މަހާއި ދިމާކޮށް އެޕްރީލް އެއްވަނަ ދުވަހުން ފެށިގެން މޭއި މަހުގެ ހަތް ވަނަ ދުވަހާ ހަމަޔަށް އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުން ކުރާ ފަރާތްތަކަށްވެސް ހާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ. 

އެ ޕްރޮމޯޝަންގެ ދަށުން ހާއްސަ އިނާމްތަކުގެ ގޮތުގައި، ކޮންމެ ހަފްތާއަކު އައިފޯން 13 ޕްރޯއެއް ދިނުމަށް ވަނީ ހަމަޖެހިފައިވާއިރު، ބޮޑު އިނާމުގެ ގޮތުގައި، ދެ ފަރާތަކަށް ތުރުކީ ދެކޮޅު ޓިކެޓާއި 1000 ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ކަނޑައެޅިފައިވާ 7 ރެސްޓޯރެންޓެއްގެ ތެރެއިން ކޮންމެވެސް ރެސްޓޯރެންޓަކުން ކޮންމެ ހަފްތާއަކު 1000ރ. ގެ އިނާމެއް ވަނީ ހުށަހެޅިފައެވެ.

ރާއްޖޭގައި ބީއެމްއެލްގެ 300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި، 7،000 އަށް ވުރެ ގިނަ މާޗެންޓުން ތިބިއިރު، ބީއެމްއެލްއަކީ ޒަމާނީ ފެންވަރުގައި ބޭންކިން ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް