ads
ޕީޕީއެމް އޮފީހުގައި އިދިކޮޅު އިސްވެރިންނާއި، ރައީސް ޔާމީންގެ ސަޕޯޓަރުން ޝަރީއަތް ޓީވީމެދުވެރިކޮށް ބަލަނީ-- ފޮޓޯ: ސީއެމްއެމް
މުސްލިމުންނަށް ދޭ އަނިޔާތަކާއި ދެކޮޅަށް އަޑުއުފުލަން ސަރުކާރަށް ގޮވާލައިފި
އިންޑިއާގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސަރުކާރުން ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް ބަހެއް ނުބުނެ ހަނު ތިބުމަކީ ދިވެހި ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން ކަމަށާއި، ދިވެހި ސަރުކާރުން އެކަން ކުށްވެރިކުރަން ޖެހޭ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިންޑިއާގެ މަދްޔަޕްރަދޭޝް ގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެން، މަދްޔަޕްރަދޭޝްގެ ހޯމް މިނިސްޓަރުގެ އަމުރަށް އެ ހަމަނުޖެހުމުގައި ބައިވެރިވި ކަމަށް ބުނާ މުސްލަމުންގެ އެތައް ބަޔަކު ގާނޫނާއި ހިލާފަށް ހައްޔަރުކޮށް އެހިސާބުގައި ދިރިއުޅޭ މުސްލިމުންގެ ގެދޮރަށް ގެއްލުންދީ، ސުންނާފަތި ކުރަމުން ގެންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިންޑިއާ ސަރުކާރުގެ އެއަމަލު އެންމެ ހަރުކަށި އިބާރާތުން އެ ކޯލިޝަނުް ކުށްވެރިކުރާ ކަމަށެވެ. 

އަދި ހިންދޫންގެ ދީނީ ހްފްލާއެއް ފާހަގަ ކުރުމަށް ހިންދޫން ހިންގި ހަރަކާތެއްގެ ތެރޭގައި އެސަރަހައްދުގެ މިސްކިތްތަކުގަ އަޅުކަން ކުރަން ތިބި މުސްލިމުންނަށް އުނދަގޫކޮށް ހިންގި ހަމަނުޖެހުމުގައި މުސްލިމުން ބައިވެރިވި ކަމަށް ތުހުމަތުކޮށް ގައުމުގައި ހެދިފައިވާ ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާއި ދެކޮޅަށް އިންޑިއާ ސަރުކާރުގެ ފަރާތުން މުސްލިމުންނާއި ދެކޮޅު ލާއިންސާނީ އަމަލު ހިންގަމުން ގެންދިއުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެ ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. 

މުސްލިމުންނާއި ދެކޮޅު ލާއިންސާނީ އަނިޔާވެރި އަމަލުތަކެއް އިންޑިއާ ސަރުކާރުން ހިންގަމުން ގެންދާއިރު މިކަންކަމާއި ދެކޮޅަށް ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ ހަނު ތިބުން އެއީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ ގައުމުގެ ރައްޔިތުން އެއްގޮތަކަށްވެސް ބަލައިގަންނާނޭ ކަމެއް ނޫން ކަމަށާއި، އެހެން ކަމުން މިއަމަލުތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން އަޑު އުފުލުމާއެކު، ބައިނަލްއަގްވާމީ ފަރާތްތަކުގެ ސަމާލުކަމަށް މިކަންކަން ގެނައުމުގައި ދިވެހި ސަރުކާރު އިސް ނެގުމަށް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ. 

އަދި މުސްލިމުންނަށް އަނިޔާދީ މިސްކިތްތަކާއި މުސްލިމުންގެ ގެދޮރުގެ ހުރުމަތް ކަނޑާ ގެއްލުން ދިނުމުގެ ގޮތުން ހިންދޫ ޖަމާއަތްތަކުން ހިންގަމުން ގެންދާ ކަންތައްތަކަށް އިންޑިއާގެ ސަރުކާރާއި ފުލުހުން ބައިވެރިވެ އެކަންކަން ކުރުމަށް ހިތްވަރު ދެމުން ގެންދާކަންވެސް ފާހަގަ ކުރެވޭ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް