ads
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ފުވައްމުލައް ސިޓީގައި އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ފުވައްމުލައް ސިޓީގައި އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ފުވައްމުލައް ސިޓީގައި އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 300 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަމަޖެހިފައިވާ މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މާރިސް ކޮންސްޓްރަކްޝަން ޕވޓ ލޓޑ އާކަމަށެވެ. 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ޑރ. އަހްމަދު ޒާހިރު ޢަލީއެވެ. އަދި މާރިސް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސަޢީދުއެވެ. 

މީގެއިތުރުން މި އިމާރާތް އެއްކޮށް ނިންމާލުމަށް 6،214،108.26 ރ ޚަރަދުވާނެކަމަށް މިނިސްޓްރީން ބުނެއެވެ. 

ދެބުރީގެ އިމާރާތެއް ގޮތުގައި މި އިމާރާތް އެޅުމަށް ހަމަޖެހިފައިވާއިރު މިތަނުގައި 4 ކްލާސް ރޫމަކާއި، އޮޑިޓޯރިއަމް އަކާއި، ލައިބްރަރީއެއް ހިމެނޭނެކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި ސަރުކާރުގެ ފަރާތުން ރާއްޖޭގައި ކީރިތި ޤެރުއާނުގެ ޢިލްމު ފެތުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

"މިގޮތުން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފިތަށް ރާއްޖޭގެ އެކި ރަށްރަށުގައި ވަނީ ޤާއިމްކޮށްފައެވެ. މިހާތަނަށް ޖުމްލަ 40 ގޮތްޕެއް ވަނީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ހުޅުވާފަ،" އިސްލާމިކް މިނިސްޓްރު ޑރ. އަހްމަދު ޒާހިރު މިއަދު ވިދަޅުވިއެވެ. 

މި ގޮތަށް ޤާއިމު ކުރެވޭ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތަކުގައި ކިޔަވައިދެއްވަމުންދާނީ ކިޔަވައިދިނުމުގެ ފެންވަރު ވަޒަންކޮށް ކޮލިޓީ ކޮންޓްރޯލް ކުރެވޭނެގޮތަށް ކަމުގައި ވިދާޅުވިއެވެ. އަދި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް މިނިސްޓަރު ޝުކުރު ދެންނެވިއެވެ. 

އަދި މިކަމުގައި މިނިސްޓްރީގެ ފަރާތުން ޝާމިލްވާ ހުރިހާ ފަރާތްތަކަށްވެސް މިނިސްޓަރު ޝުކުރުދެންނެވިއެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް