ads
މާފުށީގައި ފުލުހުން ފަތުރުވެރިއަކު ހައްޔަރު ކުރުމަށް އަމަލުކުރި ގޮތް ބަަލަނީ
މާފުށިގައި މިއަދު ހަވީރު ފުލުހުން އަންހެން ފަތުރުވެރިއަކު ހައްޔަރުކުރުމުގައި އަމަލުކުރި ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނެފައިވަނީ، ކ. މާފުށީ މަގުމަތީގައި މަސްތުގެ ހާލުގައި ނިވާކަން ކުޑަކޮށް ހުރި ފަތުރުވެރި އަންހެނަކު އުޅެމުންދާކަމުގެ ޝަކުވާ ފުލުހުންނަށް ލިބުމުން އޭނާ ހުއްޓުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެ އަންހެން މީހާ ހުއްޓުވުމަށް މަސައްކަތް ކުރި ވަގުތު ނުކިޔަމަންތެރިކަން ދެއްކުމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ބިޑި އަޅުވައިގެން ގެންދެވިފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. 

ފުލުހުން ބުނެފައިވަނީ އެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވަނީ މަސްތުގެ ހާލުގައި ހުރިކަމަށް ތުހުމަތު ކުރެވިގެންކަމަށެވެ. އަދި އޭނާ މިރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ. 

ސޯޝަލްމީޑިއާގައި އާންމުވެފައިވާ ވީޑިއޯ ތަކުން ފެންނަނީ އަންހެން މީހާ ހައްޔަރު ކުރުމަށް ޔުނިފޯމް އެޅި ފިރިހެން 2 ފުލުހުން ހަރަކާތްތެރިވާ ތަނެވެ. 

އެމައްސަލައިގައި ފުލުހުން ބުނެފައިވަނީ މާފުށީގައި މިވަގުތު މަސައްކަތްކުރާ އަންހެން ފުލުހަކު ނެތްކަމަށެވެ. 

މީގެ އިތުރުން އެ އަންހެން މީހާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ މިފަދަ ހާދިސާތަކުގައި މިއަށްވުރެއް ރަނގަޅަށް އަމަލުކުރެވިދާނެ ކަމަށް ފުލުހުން ދެކޭކަމަށެވެ. އެހެން ކަމުން އެ ހާދިސާ ހިނގާދިޔަގޮށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާ ކަމަށް މައުލޫމާތު ދީފައިވެއެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް