ads
ރައީސް ނަޝީދު --
ރައީސް ސޯލިހުގެ ސަރުކާރަށް ހީކުރާ ވަރުގެ ތާއީދެއް ނެތް: ރައީސް ނަޝީދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް، ސަރުކާރުން ހީކުރާ ވަރުގެ ތާއީދެއް މިހާރަކު ނެތް ކަމަށް، ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބާއި ދިމާކޮށް ރައީސް ނަޝީދާއި ރައީސް ސޯލިހުއަށް ތާއީދު ކުރާ މެމްބަރުންގެ މެދުގައި މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. 

ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ސަރުކާރަށް ވަރަށް ގިނަ ގޯސްތައް ހެދިފައިވާ ކަމަށާއި، މިހާރު ހީވާގޮތުން ސަރުކާރަށް 50 އިންސައްތަ އަށްވުރެ އިތުރަށް ރައްޔިތުންގެ ތާއީދު ހޯދަން އުނދަގޫވާނެ ހެންކަމަށެވެ. 

"އަޅުގަނޑަށް ހީވަނީ 50 ޕަސެންޓް އަށް ވުރެ އިތުރަށް ހޯދަން ވަރަށް އުނދަގޫވާނެ ކަމަށް. މާ ގިނަ ގޯސް ހެދިއްޖެ. އަދި އެ ގޯސް އެއް ބަޔަކު އަނެއް ބަޔަކަށް ގަބޫލެއް ނުކުރޭ. ސަރުކާރަށް ލަފާ ކުރެވެނީ ވަރަށް ތާއީދު ބޮޑު ކަމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

އޭގެ އިތުރަށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ސަރުކާރުން ގެންގުޅޭ މަސްވެރިކަމުގެ ސިޔާސަތު ފެއިލްވެފައިވާ ކަމަށެވެ. މިފްކޯގެ ގާބިލުކަން އިތުރުކުރަން ސަރުކާރުން މާ ބޮޑަށް ސަމާލުކަން ދިނުމުގެ ސަބަބުން އެކަންވެސް ނުކުރެވި ސަރުކާރުުގެ މެނިފެސްޓޯގައި ހިމެނި ގޭދޮށު މަސް ފެކްޓްރީތައް ގާއިމުނުކުރެވި ވައުދު ނުފުއްދޭކަމަށް ވިދާޅުވެ ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތަށް އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފައެވެ.

އަދި މި އަހަރަކީ ދަރަނި އަނބުރާ ދެއްކުމަށް ބޮޑު ހޭދައެއް ހިނގާނެ އަހަރެއްކަމަށް ވިދާޅުވެ، އެކަމާމެދު ރަނގަޅަށް ސަރުކާރުން ނުވިސްނާ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް