ads
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު-- ފޮޓޯ: ފުލުހުން
ފަތުރުވެރިޔާ ހައްޔަރުކުރުމަށް ފުލުހުން އަމަލުކުރީ ރަނގަޅަކަށް ނޫން: ސީޕީ ހަމީދު
މާފުށިގައި މިއަދު ހަވީރު ފުލުހުން އަންހެން ފަތުރުވެރިއަކު ހައްޔަރުކުރުމުގައި އަމަލުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، އަންހެން ފަތުރުވެރިއަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އަދި އެކަމަށް އެ ފަތުރުވެރިއާ އާއި ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދޭކަމަށް ސީޕީ ހަމީދުގެ ޓްވީޓްގައި ވެއެވެ. 

ފުލުހުން ބުނެފައިވަނީ، ކ. މާފުށީ މަގުމަތީގައި މަސްތުގެ ހާލުގައި ނިވާކަން ކުޑަކޮށް ހުރި ފަތުރުވެރި އަންހެނަކު އުޅެމުންދާކަމުގެ ޝަކުވާ ފުލުހުންނަށް ލިބުމުން އޭނާ ހުއްޓުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެ އަންހެން މީހާ ހުއްޓުވުމަށް މަސައްކަތް ކުރި ވަގުތު ނުކިޔަމަންތެރިކަން ދެއްކުމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ބިޑި އަޅުވައިގެން ގެންދެވިފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. 

ފުލުހުން ބުނެފައިވަނީ އެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވަނީ މަސްތުގެ ހާލުގައި ހުރިކަމަށް ތުހުމަތު ކުރެވިގެންކަމަށެވެ. އަދި އޭނާ މިރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ. 

10%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ކޮމެންޓްސް