ads
ހިފެހެއްޓި ރަޝިޔާ ބޯޓު
ރަޝިޔާގެ ތެޔޮބޯޓެއް ގްރީކުން ހިފަހައްޓައިފި
ރަCިޔާގެ ބޮޑު ތެޔޮ ބޯޓެއް ގްރީކުން ހިފަހައްޓައިފިއެވެ.

ގްރީސްގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާ ވުޒާރާގެ ތަރުޖަމާނު އަންގާރަ ދުވަހު ވިދާޅުވި ގޮތުގައި ގްރީސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ގްރީސްގެ ރަށެއް ކަމަށްވާ އީވިއާގެ ދެކުނު އައްސޭރިފަށުން ރަޝިއާގެ ތެޔޮ ޓޭންކަރެއް ހިފަހައްޓާފައެވެ.

އޭނާ ވިދާޅުވީ، ރަޝިޔާގެ ދިދައިގެ ދަށުގައި ދަތުރުކުރަމުންދިޔަ ސާފުނުކުރާ ތެޔޮ އުފުލާ ޓޭންކަރު، ރަޝިޔާގެ 19 ފަޅުވެރިންނާއެކު ދަތުރުކުރަމުންދަނިކޮށް ގްރީކްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ަކމަށެވެ. އަދި ޔޫރަޕިއަން ޔޫނިއަންއިން އެންމެ ފަހުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ކަރިއެޓޯސް ނަމަކަށް ކިޔާ ޓައުން ކައިރިން ހިފަހައްޓާފައިވާ ކަމަށެވެ.

އަދި އެބޯޓާ ބެހޭ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ކޮމެންޓްސް