ads
މައިއުޕޯލް ސިޓީ: ރަޝިޔާއިން ބުނަނީ މިސިޓީ ހިފާފައިވާ ކަމަށް
ޔޫކްރެއިންގެ ސިޓީއެއް ހިފައިފި ކަމަށް ރަޝިޔާއިން ބުނެފި
ޔޫކްރެއިންގެ ސިޓީއެއް ކަމަށްވާ މަރިއުޕޯލް ރަޝިޔާގެ ބާރުގެ ދަށަށް ގެނެވިއްޖެ ކަމަށް ރަޝިޔާއިން ބުނެފއިެވެ.

ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގު ބުރާސްފަތި ދުވަހު ރައީސް ވްލަޑިމިއަރ ޕޫޓިންއަށް ވިދާޅުވީ،  މަރިއުޕޯލް ރަޝިޔާ ސިފައިން މުޅިން ހިސޯރުކޮށްފައިވާ ކަމަށެވެ. ނަމަވެސް، ކިއޭވްއަށް ވަފާތެރި 2،000 އަށް ވުރެ ގިނަ ހަނގުރާމަވެރިން އަދިވެސް އެ ސިޓީގެ އަޒޯވްސްޓަލް ސްޓީލް ޕްލާންޓްގައި އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝޮއިގުގެ ޕްލޭނަކީ ހަމަލަދިނުމެވެ. އެހެންނަމަވެސް ރައީސް ޕުޓިން ވިދާޅުވަނީ އެޕްލޭން ދޫކޮށްލައްވައި މިހާރު ތިބި މީހުން ބައްދުކުރުމަށެވެ. އެންމެފަހުނ ްއެސިޓީގައި ތިބި މިލިޓަރީ މީހުންނަށް ވަނީ ހިދްމަތްތައް ކަނޑާލެވިފައެވެ.

މާޗް މަހުގެ ކުރީކޮޅު ރަޝިޔާ ސިފައިނާ ދެކޮޅަސޤ އެސިޓީގައި 8100 ސިފައިން ހަނަގުރާމަ ކުރިކަމަށް ޝޮއިގު ވިދާޅުވިއެވެ. 

ޝޮއިގު ވިދާޅުވީ 1400 އަށްވުރެ ގިނަ ހަނގުރާމަވެރިން ހަތިޔާރު ބަހައްޓައިފައިވާ ކަމަށާއި، އެ ސިޓީން 142،000 އަށްވުރެ ގިނަ އާންމުންވެސް ނެރެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެތަން ހިފާފައިވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. 

ފާއިތުވެދިޔަ ދުވަސްތަކުގައި ރަޝިޔާއިން ދެ ފަހަރެއްގެ މަތިން އެ ޕްލާންޓުން ނުކުންނަން ބޭނުންވާ ފަރާތްތަކަށް ހިއުމެނިޓޭރިއަން ކޮރިޑޯއެއް ގާއިމްކުރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެ މަސައްކަތްވެސް ވަނީ ނާކާމިޔާބުވެފައެވެ. ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނީޔޫކްރެއިން ސިފައިން އަމާން ދީފަި ނަމަ ރައްކާތެރިކަން އޮންނާނެ ކަމަށެވެ.

ޕްލާންޓްގައި ފޮރުވައިގެން ގެންގުޅުނު ޔޫކްރެއިންގެ 36 ވަނަ މެރިންސް ބްރިގޭޑްގެ ކޮމާންޑަރު ސަރްގޭ ވޮލިނާ ވަނީ އެ ފެސިލިޓީގައި އެތައް ސަތޭކަ އާންމުން ތާށިވެފައިތިބި ކަމަށް ވިދާޅުވެފަ އެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް