ads
ފޮޓޯ: ފޭސްބުކް
އިންޑިޔާގެ ހައްޖު ކޮމިޓީގެ ޗެއާމަން ބުދު ދީނަށް އަޅުކަން ކުރަނީ!
އިންޑިއާގެ ހައްޖު ކޮމިޓީގެ ޗެއާމަން ބުދު ދީނަށް އަޅުކަން ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އާއްމުވެ ގިނަ ބަޔަކު އެކަމާއި މެދުނުރުހުން ފާޅުކުރަން ފަށައިފިއެވެ.

އިންޑިއާގެ ހައްޖު ކޮމިޓީގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރި އޭޕީ އަބްދުالله ކުއްޓީ އަކީ އިންޑިއާގެ ބީޖޭޕީ ސަރުކާރަށް ތާއީދު ކުރާ މަދު އިސްލާމުންގެ ތެރެއިން ހިމެނޭ މީހެއް ކަމަށްބުނެ މީގެ ކުރިންވެސް ވަނީ އޭނާއަށް ނުރުހުމުގެ ބަސްތައް އަމާޒުވެފައެވެ. 

އޭނާ އަށް ހައްޖު ކޮމިޓީގެ ޗެއާމަންކަން ދިނީ އިއްޔެގެ ވަގުތެއްގައިއެވެ. އަދި އެ ކޮމިޓީގެ ވައިސް ޗެއާގެ މަގާމަށް ދެ އަންހެނުން ވަނީ އަައްޔަން ކޮށްފައެވެ. 

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުން އަބްދުﷲ ކުއްޓީ އިންޑިއާގެ ބުދު ދީނުގެ ފޮޓޯއަކަށް "އަޅުކަން" ކުރާ މަންޒަރު ފެނިގެންދެއެވެ. އަދި އެފޮޓޯތަކަށް ފާޑުކިޔަމުން އަންނަ ގިނަ ފަރާތްތަކަކުން ބުނެފައިވަނީ، މިއީ އިންޑިއާގެ މުސްލިމުންނަށް އެގައުމުގެ ސަރުކާރުން ފާޅުގައި ކުރަމުން އަންނަ ޖެއްސުމެއް ކަމަށާއި، އިސްލާމް ދީނުގެ އަސާސްތަކަށް ގޮންޖަހާ ފާޅުގައި މަސައްކަތް ކުރާ މީހަކަށް ހައްޖު ކޮމިޓީގެ ޗެއާމަންކަން ދިނުން ބަލައި ނުގަނެވޭނެ ކަމަށެވެ. 

އަދި މުސްލިމެއްގެ ގޮތުގައި ހުރެ މިހާރު އިންޑިއާގެ ހިންދޫއިން މުސްލުމުންނަށް ކުރަމުން އަންނަ އަނިޔާތަކާއި ދެކޮޅަށް އަބްދުﷲ ކުއްޓީ އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު، ހިންދޫއިންގެ ދީނަށް "އަޅުކަން" ކުރުމަކީ އެމީހުންނަށް ދެވޭ ހިތްވަރެއް ކަމަށްވެސް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

އިންޑިއާގެ ހައްޖު ކޮމިޓީގެ ޗެއާމަންގެ ހައިސިއްޔަތުން މިއަހަރު އެގައުމުން ހައްޖަށް ދާ މީހުންގެ އިސް މީހެއްގެ ގޮތުގައި އަބްދުﷲ ކުއްޓީ ދިއުމަށްވަނީ ހަމަޖެހިފައެވެ. މިއީވެސް ގިނަ ބަޔަކު އެކަމާއި މެދު ނުރުހުން ފާޅު ކުރަމުން އަންނަ ކަމެކެވެ. 

0%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް