ads
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
އައްޑޫ ހޮސްޕިޓަލަށް ނަރުހުން ހޯދަން އިއުލާން ކޮށްފި
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަށް 26 ނަރުހުން ހޯދުމަށް އެ ހޮސްޕިޓަލުން އިއުލާން ކޮށްފިއެވެ.

އެ ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ދާއިމީ ރެޖިސްޓަޑް ނަރުހުންނާއި ސީނިއާ ރެޖިސްޓަރޑް ނަރުހުންނާއި ކްލިނިކަލް ނަރުހުން ހިމެނޭހެން ޖުމްލަ 26 ނަރުހުން އެ ހޮސްޕިޓަލަށް ބޭނުންވާ ކަމަށެވެ. 

މުސާރައިގެ ގޮތުގައި މަހަކު 9060 އާއި 10940 ރުފިޔާއާއި ދެމެދުގެ އަދަދެއް ލިބޭނެ ކަމަށާއި، އަދި ސިވިލް ސާވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިތުރު ގަޑީގެ ފައިސާ ލިބޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ. 

މި ފުރުސަތު އަންނަ މަހުގެ އަށް ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައި ވާއިރު، ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަންނާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. 

އަދި ވަޒީފާ އަށް މީހުން ހޮވުމުގައި ބަލާނީ ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން ކަމަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން އަދި ގާބިލްކަން ކަށަވަރުކުރުމަށް ކުރާ އިންޓަވިއަކަށް ފަހުގައި ކަމަށް ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް