ads
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހިތަކީ އެންމެހާ ނުބައި ކަންތަކުން ސާފުވެގެންވާ އެއްޗަކަށް ވާންޖެހޭ: ޑރ. ޖަމީލް
ހިތަކީ އެންމެހާ ނުބައި ކަންތަކުން ސާފުވެގެންވާ އެއްޗަކަށް ވާންޖެހޭކަމަށް ޑރ. ޢަބްދުﷲ ޖަމީލް ވިދާޅުވެއްޖެއެވެ.

ހުޖުރާތު ސޫރަތުގެ އަލީގައި އިންސާނީ ކަރާމާތް" މި މައުލޫއަށް ވާހަަކަފުޅު ދައްކަވަމުން ޑރ. ޖަމީލުވަނީ ހުޖުރާތު ސޫރަތާބެހޭ ގޮތުން ތަފްސީލް ކޮށްދެއްވާފައެވެ. އެގޮތުން އެއީ ކީރިތި ގުރުއާނުގެ 49 ވަނަ ސޫރަތްކަަމަށާއި އެއީ މަދަނީ ސޫރަތެއްކަމަށް ވިދާޅުވިއެވެ.

މި ސޫރަތުގައި އެކުލެވިގެންވަނީ 18 އާޔަތްކަމަށާއި އޭގެ ތެރެއިން 5 އާޔަތް މާތްﷲ މުއުމިނުންނާއި މުހާތަބް ކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ، ދޮގު ހަބަރު ފެތުރުމާއިބެހޭ ގޮތުން ވާހަކަފުުޅު ދައްކަަމުން މިހާރު ދޮގު ހަބަރުތައް ފަތުރަނީ ސޯޝަލް މީޑިއާގައި ކަމަށާއި، އެެހެެންކަމުން މިފަދަ ކަންކަން ކުރުމުގަައި ވިސްނާލަން ޖެހޭކަމަށާއި މިކަންކަން އިސްލާހު ކުރެވޭނީ ހިތް ރަނގަަޅުކުރެެވިގެންކަމަށްވެސް ވިދާޅުވިއެވެ.

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އައްޝައިހް ހުސައިން އަބްދުﷲ ސައީދުވަނީ ހުޖުރާތު ސޫރަތުގައި އަމަލުކުރުމަށް އަންގަވާފައިވާ މުހިންމު ހުކުމްތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

އެގޮތުން ނުުރުހޭ ލަގަަބުތަކުން މީހުންނާ މުހާތަބު ނުކުރުމަށާއި އެއް މުސްލިމަކު އަނެއް މުސްލިމަކަށްޓަކައި އަދާކޮށްދޭންޖެހޭ ހައްގުގެ ގޮތުގައި އެކަކު އަނެކަކާމެދު ރަނގަޅަށް ހީކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި ކޮންމެ މުސްލިމަކާމެދުވެސް ހީކުރަންވާނީ ރަނގަޅަށްކަމަށް ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް