ads
ރައީސްގެ ގަރާރު ބާތިލްކުރަން ކޯޓަށް ހުށައަޅައިފި
ރައީސްގެ ގަރާރު ބާތިލް ކުރަން ކޯޓަށް ހުށަހަޅައިފި
އިންޑިއާ އައުޓު ހަރަކާތަކީ ގައުމީ ސަލާމަތައް ނުރައްކާވާ ކަމެއް ކަމަށް ކަނޑައަޅާ އެކަން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރު ހުއްޓުވަން އިދިކޮޅުން މިއަދު ކޯޓަށް ހުށައަޅައިފި އެވެ.
Advertisement

"ސީއެންއެމް" އަށް މައުލޫމާތުދެއްވަމުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ތަރުޖަމާނު ހީލާ ވަލީދު މިއަދު ވިދާޅުވީ އިންޑިއާ އައުޓު ހަރަކާތަކީ ގައުމީ ސަލާމަތައް ނުރައްކާވާ ކަމެއް ކަމަށް ކަނޑައަޅާ އެކަން ހުއްޓުވަން ރައީސް ސޯލިހް ނެރުއްވި ގަރާރު ބާތިލް ކުރަން މިއަދު ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ. 

" އަޅުގަނޑުމެން ވާނީ މިއަދު މި ގަރާރު ބާތިލްކުރަން ކޯޓަށް ހުށައަޅާފަ. އޮންލައިންކޮށް ފޯމު ހުށައަޅާފައިވާނީ. " ހީނާ ވިދާޅުވި އެވެ.

އެއްވެ އުޅުމުގެ މިނިވަން ކަމާއި، ދުލާއި ގަލަމުގެ މިނިވަންކަމެއްވެސް މިހާރު ނެތްކަން ފާހަގަކުރައްވަމުން ހީނާ ވިދާޅުވީ އެއްވެސް ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ނަފުރަތު އުފެދޭ އެއްވެސް ހަރަކާތެއް ނުހިންގަވާ ކަމަށެވެ. 

" މިހާރަކު އެއްވެ އުޅުމުގެ މިނިވަންކަމެއް. ދުލާ ގަލަމުގެ މިނިވަން ކަމެއް ނެތް. އެއްވެސް ގައުމެއްގެ ބަޔަކާއިމެދު ނަފުރަތު ކަމެއް ނެތް. ވަކި ގައުމަކާ ދެކޮޅަށް ނަފުރަތު އުފެދޭ ހަރަކާތެއް ނުހިންގަން. " ހީނާ ވިދާޅުވި އެވެ.

އިންޑިއާއާއިމެދު ނަފްރަތު އުފެއްދުމަށް ހިންގާ ކަމަށް ބުނާ "އިންޑިއާ އައުޓް" ކެމްޕެއިންއަކީ ގައުމީ ސަލާމަތައް ނުރައްކާވާ ކަމެއްކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ ކަނޑައަޅައިފައެވެ.

އެމަޖިލީހުން އެކަން އެގޮތަށް ކަނޑައެޅުމާއިއެކުއެ ހަރަކާތް ހުއްޓުވަން އަންގާ ރައީސް ނެރުއްވި ގަރާރުގައި ބުނެފައިވަނީ، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ، ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށެވެ. 

އަދި ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާ ހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، އެކަން އެގޮތުގެ މަތިން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، ގަރާރު އެކަށައެެޅީ ކަމަށް އެ ގަރާރުގައި ވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް