ads
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް.
މިނިސްޓަރު ނަސީމްގެ ތާއީދު ވެސް ފައްޔާޒަށް
ފޯރިގަދަ ވެފައިވާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ގެނައުމަށް ތާއީދު ކުރައްވާކަން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ހާމަ ކުރައްވައިފި އެވެ.

މިނިސްޓަރު ނަސީމް އާއި ފައްޔާޒް އެކުގައި ހުންނެވި ފޮޓޯއެއް ހިއްސާ ކުރައްވަމުން މިނިސްޓަރު ނަސީމް ކުރެއްވި ޓުވިޓާގައި ވަނީ ފައްޔާޒަށް ކާމިޔާބީއަށް އެދިފައެވެ. 

އަދި ފައްޔާޒުގެ ކެނޑިޑޭޓް ނަންމަބަރު އަތުގެ އިޝާރާތުން ދައްކާލައިގެން ހުންނަ މަންޒަރުވެސް ފެނިގެން ދެއެވެ. 

މި އިންތިހާބުގެ ފޯރި ގަދަވެފައިމިވާ ދަނޑިވަޅުގައި ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ މި އިންތިހާބަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައީސް މުހައްމަ ނަޝީދުގެ ވަރުގަދަ ކުރިމަތި ލުމެއް ކަމަށް ބުނެފައެވެ. 

މި އިންތިހާބުގައި ރައީސް ސޯލިހު ފައްޔާޒް އަށް ތާއީދު ކުރައްވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަ އިރު، އިންތިހާބުގައި ރައީސް ނަޝީދު ތާއީދު ކުރައްވަނީ، ދެން މި އިންތިހާބުގައި ވާދަ ކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ (އިންތި) އަށް ކަމަށް އެމްޑީޕީގެ މެމްބަރުންވެސް އަންނަނީ ބުނަމުންނެވެ. 

މީގެ އިތުރުން ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެމްޑީޕީ އެތެރޭ މިހާރު ދެ ފެކްޝަނެއް އުފެދިފައި ވާކަމަށެވެ. އަދި މިކަމުގެ ސަބަބުން މުޅި ޕާޓީއަށް އޭގެ އަސަރު ކުރާނެ ކަމަށްވެސް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

އަންނަ މަހުގެ 14 ވަނަ ދުވަހު ބާއްވާ ޗެއާޕާސަން ކަމުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 94،000 އަށް ވުރެން ގިނަ މެމްބަރުންނަށް ލިބޭ ކަމަށް އެމްޑީޕީއިން ވަނީ މީގެ ކުރިން ބުނެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް