ads
އައިޝްވާރިޔާ ރާއީ(ކ) ޝުޝްމީތާ ސެން(މ) ޕްރިޔަންކާ ޗޯޕްރާ (ރ)
ޕްރިޔާންކާ ވަރަށް ފަހުރުވެރިކަމާއި އެކު ގެންގުޅުނު ކޮލާޖްމަސައްކަތަކީ ކޮބާ؟
ޕްރިޔަންކާ އެންމެ ފަހުރުވެރިކަމާއިއެކު ރައްކާކޮށް ބަހައްޓާ ނިއުސްޕޭޕަރު ކޮލާޖް މަސައްކަތަކީ ކޮބާކަން ހާމަކޮށްފި އެވެ.

އިންޑިއާގެ ސިނަމާގެ ނަން މަޝްހޫރު އެއް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ވަނީ ދުނިޔޭގެ ފެންވަރުގައި ވެސް އިންޑިއާ ފަހުރުވެރިވާ ފަދަ ނަމެއް ގާއިމްކޮށްފަ އެވެ. 2000 ވަނަ އަހަރު މިސް ވޯލްޑް ގެ ތާޖު ހޯދި 41 އަހަރުގެ ޕްރިޔަންކާ އަކީ ބައިނަލްއަގްވާމީ ބޮޑެތި އިވެންތތަކުގައި އިންޑިއާ ތަމްސީލޮކޮށް އެކި ފަހަރު މަތިން އެފަދަ ހަރަކާތްކުގައިވެސް ބައިވެރިވެފައިވާ ފަންނާނެކެވެ.

މިފަހުން އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ވަނީ 1994 ވަނަ އަހަރު އައިޝްވާރިޔާ ރާއީ މިސް ވޯލްޑް ހޯދާ އަދި ޝުޝްމީތާ ސެން މިސް ޔުނިވާސް ގެ ލަގަބު ކާމިޔާބުކުރިއިރުގެ ނިއުސް ޕޭޕާ ކޯލާޖްތައް މިއަދާހަމައަށްވެސް ރައްކާކޮށްފައި ހުންނާނެކަމަށް ހާމަކޮށްފައެވެ. އަދި އެއިރު އޭނާގެ ކޮޓަރީގައި އެ ކޮލާޖްތައް ޑިސްޕްލޭ ކޮށްފައި ހުންނާނެކަމަށްވެސް ޕްރިޔަންކާ ބުނެއެވެ. އަދި އެ އިންޓަވިއުގައި ޕްރިޔަންކާ ވަނީ އޭނާ އާއިލާއާއި އެކީ މިސް ޔުނިވާސް އާއި މިސް ވޯލްޑް ގެ މުބާރާތްތައް އެކީގައި ބަލާ އުޅޭ ކަމަށް ހާމަކޮށްފައެވެ.

ޕްރިޔަންކާ އިތުރަށް ބުނީ "ބިއުޓީ ޕެޖެންޓްތައް" ނުވަތަ ރީތިކަމުގެ މުބާރާތްތަކަކީ އިންޑިއާ ރައްޔިތުން ޒަމާނުއްސުރެއް ވަރަށް ސަމާލުކަމެއްދީގެން ތައުރީފްކޮށް އަދި ވަރަށް ގަޔާވެގެން ބަލަމުން އަންނަ ޕްރޮގްރާމްތަކެއް ކަމަށެވެ. ޕްރިޔަންކާ ބުނި ގޮތުގައި މިސް އިންޑިއާ އާއި މިސް ވޯލްޑް ފަދަ މުބާރާތްތަކަކީ އިންޑިއާގައި ވަރަށް އިހްތިރާމްކުރާ އަދި ވަރަށް ބޮޑަށް އިހުތިރާމު ލިބޭ ޕްރޮގްރާމް ތަކެއް ކަމަށެވެ. އޭނާ އިތުރަށް ބުނީ 90 ގެ އަހަރުތަކުގައި މިސް ޔުނިވާސް އަދި މިސް ވޯލްޑް މުބާރާތްތަކުގައި އިންޑިއާއިން ދިޔައީ ޖެހިޖެހިގެން ވަނަތައް ހާސިލްކުރަމުންކަމަށެވެ. އަދި އެކަމާ ފަހުރުވެރިވާކަމަށްވެސް ޕްރިޔަންކާ ހާމަކުރި އެވެ.

މީގެއިތުރުން އެފަދަ މުބާރާތްތަކުގައި އެމެރިކާގެ ބައިވެރިވުމަށް އިންޑިއާއާ އަޅާކިޔާ ޕްރިޔަންކާ ބުނީ އެމެރިކާިން އެ މުބާރާތްކުގައި ބައިވެރިވާ ނުވަތަ ކާމިޔާބުކޮށްފައިވާ ބައިވެރިންގެ މާޒީ އާންމުގޮތެއްގައި އޮންނަނީ ދެރަ ނުވަތަ އަނދިރިކަމުގެ ތެރޭގައި ކަމަށެވެ. ނަމަވެސް ޖުމްލަކޮށް ބަލާލާއިރުގަ އިންޑިއާގެ ބައިވެރިން ބޮޑު ވަމުން އާއިރު އެފަދަ އެއްވެސް ކަަމަކާ ކުރިމަތިލާން ޖެހިފައި ނުވާކަމަށް ޕްރިޔަންކާ ވަނީ އިންޓަވިއުގައި ހާމަކޮށްފަ އެވެ.

އެންމެފަހުން ދިލް ދަޑްކަނޭދޯ އިން ފެނިގެން ދިޔަ ޕްރިޔަންކާ، އައިޝްވާރިޔާ އަދި ޝުޝްމީތާއަށް އަށް އިޝާރާތްކޮށް ބުނީ އޭނާ ވެސް އެ މުބާރަތުގައި 2000 ވަނަ އަހަރު ބައިވެރިވުމަށް ފުރުސަތު ލިބިގެން ދިޔައިރު އެއްވެސް ހާލަތެއްގައި އޭނާ ޝުޝްމީތާ އަދި އައިޝްވަރިޔާއަށް ލިބުނު ހާ ކާމިޔާބީ ހޯދުމުގެ ނިޔަތެއް ނުގެންގުޅެން ކަމަށެވެ. މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ލިބިދާނެކަމާއި މެދު ވިސްނިނަމަވެސް އެ ރޮނގުން ކުރިއަށް ދާކަށް ދުވަހަކުވެސް ނުވިސްނާކަަމަށެވެ. ނަމަވެސް އާއިލާއިން އޭނާ މުބާރާތުގައި ބައިވެރިކުރުމުން އޭނާ މުބާރާތާއި އެކު ކުރިއަށް ދިޔައީކަމަށާއި އޭނާ އެއްވެސް ހާލަތެއްގައި މޮޅުވާނެ ކަމާއި މެދު އުއްމީދު ނުކުރާކަމަށްވެސް ޕްރިޔަންކާ ހާމަކުރި އެވެ.

2000 ވަނަ އަހަރު ޕްރިޔަންކާ މިސް ވޯލްޑްގައި ވާދަކުރުމުގެ ކުރިން މިސް އިންޑިއާގައި ވާދަކޮށް ހިމެނިގެން ދިޔައި ގަދަ 3 ގައެވެ. މިސް ވޯލްޑްގައި ޕްރިޔަންކާ ވާދަކުރީ 95 ހުނަރުވެރި ބައިވެރިންނާއި އެކުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް