ads
ފުރުގާނު މިސްކިތް---ފޮޓޯ: ވީ ނިއުސް
ފުރުގާނު މިސްކިތް ކައިރިން މީހެއްގެ ގައިގައި ޖެއްސި ސައިކަލް ޓޯ ކޮށްފި
މިރޭ ފުރުގާނު މިސްކިތް ކައިރި ކަފިހި ހުރަސް މަތިން މީހެއްގެ ގައިގައި ޖެއްސުމަށް ފަހު ފިލި މީހާގެ ސައިކަލް ފުލުހުން ހޯދުމަށް ފަހު ޓޯ ކޮށްފި އެވެ.
މިރޭ ފުރުގާނު މިސްކިތް ކައިރި ކަފިހި ހުރަސް މަތިން މީހެއްގެ ގައިގައި ޖެއްސުމަށް ފަހު ފިލި މީހާގެ ސައިކަލް ފުލުހުން ހޯދުމަށް ފަހު ޓޯ ކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ހާމަކޮށްފައިވަނީ މިރޭ 19:38 ހާއިރު ފުރުގާނު މިސްކިތް ކައިރި ކަފިހި ހުރަސްމަތިން މިސްކިތައް ދިޔަ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ސައިކަލަކުން ޖައްސާ އެކްސިޑެންޓު ކޮށްފައިވާ ކަމަށެވެ.

އަދި އެކްސިޑެންޓު ކުރުމަށް ފަހު އެ މީހާ ސައިކަލްގައި ފިލާފައިވާ ކަމަށެވެ. އަދި އެ މީހާ ފިލި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ފުލުހުން ސީސީޓީވީ ފޫޓޭޖް ބަލައިގެން އެކްސިޑެންޓްކޮށްފައި ފިލި މީހާ ދުއްވި ސައިކަލް ހޯދުމަށް ފަހު އެ ސައިކަލް ޓޯ ކޯށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އަދި މިވަގުތު ފުލުހުން މަސައްކަތް ކުރަމުންދަނީ އެ މީހާ ހޯދުމުގެ މަސައްކަތް ކަމަށާއި އަދި އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ހާދިސާގައި އަނިޔާވި މީހާގެ ބޯ ވަނީ ފަޅައިގެންގޮސްފައި ކަމަށާއި އެ މީހާއަށް މިވަގުތު ފަރުވާ ދެމުން އަންނަީ އައިޖީއެމްއެޗުގައި ކަމަށްވެސް ފުލުހުން ހާމަކުރެއެވެ. އަދި އެ މީހާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް