ބައިސްކޯފްގެ ޝޯއަކަށް ދިން އިންޓަވިއުއެއްގައި ނިއުމާއާއި ކުރެވުނު ސުވާލަކީ އެމީހަކާ އެކީ ދުވަހަކުވެސް މަަސައްކަތް ނުކުރާނެ ފިލްމީ ފަންނާނަނީ ކޮބައިތޯ އެވެ؟ އެ ސުވާލަށް ޖަވާބު ނުދީފިނަމަ ޑެއާއެއް ނަގަންޖެހޭނެތީ ނިއުމާ ވަނީ އެ ސުވާލަށް ޖަވާބުދީފައެވެ.
އެސުވާލާއިއެކު ނިއުމާ ފުރަތަމަވެސް އެހީ ނަން ކިޔަންވީ އެންމެ މީހެއްގެ ހެއްޔޭ އެވެ. އެކަކުގެ ނަން ބުނަން ބުނުމުން އެެއްވެސް ހާސްކަމެއް ނެތި ނިއުމާ ބުނީ މޫމިން ފުއާދާއިއެކު ދުވަހަކުވެސް މަސައްކަތް ނުކުރާނެ ކަމަށެވެ.
އެކަމުގެ ސަަބަބު ނާހާތީ އެ ސަބަބެއް ނިއުމާ ނުބުނެއެވެ. ފައިސާގެ ގޮތުން ހިޔާނަތްތެރިވި މީހެއްގެ ނަން ބުނަން އެ ޝޯގައި ނިއުމާ ޖެހުމުން އޭނާ ވަނީ އެމީހެެއްގެ ނަންވެސް ހާމަކޮށްފައެވެ.
ނިއުމާ ބުނީ އެވަރުގެ ލަޑެއްދިނީ ފިލްމީ ތަރި ކޮޕީ އިއްސެ ކަމަށެވެ.