ads
ގއ. އަތޮޅު ކައުންސިލް އިދާރާ
ގއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމުން ޝާހިން، އެމްޑީޕީން ފުއާދު ވާދަކުރަނީ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވުމަށް އެމްޑީޕީއާއި ޕީޕީއެމުން ޓިކެޓުން ދޭނެ ބޭފުޅުން އެ ދެ ޕާޓީގައި ޕްރައިމަރީގައި ކަނޑައަޅައިފި އެވެ.

އެމްޑީޕީގެ ޕްރައިމަރީ މީގެކުރިން ބާއްވާފައިވީ ނަމަވެސް ގއ. އަތޮޅުގެ ޕްރައިމަރީގައި ދިމާވި މައްސަލަތަކަކާ ގުޅިގެން އެމްޑީޕީން އިއްޔެ ވަނީ ގއ. އަތޮޅުގެ ޕްރައިމަރީ މާލެ އާއި އެ އަތޮޅުގައި ކުރިއަށް ގެންގޮސްފަ އެވެ. އަދި ޕީޕީއެމުން ވެސް އިއްޔެ ވަނީ އެ ޕާޓީގެ ޕްރައިމަރީ ބާއްވާފަ އެވެ. 

އެމްޑީޕީގެ ގއ. ޕްރައިމަރީގައި އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ޓިކެޓް ކަށަވަރު ކުރެއްވީ އެ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި މިހާރުވެސް ހުންނެވި އަހްމަދު ފުއާދު އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޝަޒްމީން ޝިޔާމަށް ލިބިވަޑައިގަތީ 1،576 ވޯޓެވެ. ގއ. އަތޮޅު ކައުންސިލަށް ދާންދޫ ދާއިރާއިން އިންތިހާބުކޮށްފައިވާ ކައުންސިލް މެންބަރު ހުސައިން އާދަމަށް ލިބިވަޑައިގަތީ 919 ވޯޓެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި ގއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ ކޫއްޑޫ މަސް ކާރުހާނާގެ ކުރީގެ މެނޭޖަރު އިބްރާހިމް ޝާހިން (އާންމު ނަން ޝިހާން) އަށެވެ.

ޝާހިންނާއި އެންމެ ގާތުން ވާދަކުރެއްވި އަހްމަދު ރިހާނަށް ލިބިވަޑައިގަތީ 680 ވޯޓެވެ.

ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނެސްފައިވާ އިސްލާހުތަކާ ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ތަކުގެ މޭޔަރުންނާއި، އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި، ރަށު ކައުންސިލްތަކުގެ ރައީސުން ހޮވާނީ އެ ސިޓީ އަކަށް ނުވަތަ އެ އަތޮޅަކަށް ނުވަތަ އެ އަ ރަށަކަށް ވޯޓުލެވޭ އެންމެންގެ ވޯޓުންނެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް