ads
ދަ ޗެޑީ ކުޑަވިލިނގިލި
ދަ ޗެޑީ ކުޑަވިލިނގިލި މިއަހަރު ހުޅުވަން ތައްޔާރުވަނީ
ސިންގަޕޫރުގެ ޖީއެޗްއެމް ހޮޓެލްސް އިން "ދަ ޗެޑީ ކުޑަވިލިނގިލި"ގެ ނަމުގައި ކ. ކުޑަވިލިނގިލީގައި ތަރައްގީކުރާ ރިސޯޓް މިއަހަރު ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

ސިންގަޕޫރުގެ ޖީއެޗްއެމް ހޮޓެލްސް އިން "ދަ ޗެޑީ ކުޑަވިލިނގިލި"ގެ ނަމުގައި ކ. ކުޑަވިލިނގިލީގައި ތަރައްގީކުރާ ރިސޯޓް މިއަހަރު ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

ޖީއެމްއެޗްން ވިއެޓްނާމް، ސުވިޒަލޭންޑް، އޮމާން، ޗައިނާ އަދި ޔޫއޭއީ ފަދަ ގައުމުތަކުގައި ފަތުރުވެރިކަމުގެ ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްފައިވާއިރު މިއީ އެކުންފުނިން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ. 

މިއަހަރުގެ ފަހުކޮޅު މި ރިސޯޓް ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް ފަތުރުވެރިކަމާ ބެހޭ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވީ ނަމަވެސް މިރިސޯޓް ހުޅުވާނެ ވަކި ދުވަހެއް އަދި އިއުލާންކޮށްފައެއް ނުވެ އެވެ. 

އިންޑިއާގެ އެމްފާ ގްރޫޕުން 2013 ވަނަ އަހަރުގެ ތެރޭގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތުން ގަނެފައިވާ ކުޑަވިލިނގިއްޔަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ލޯންޗެއްގައި ފުރައިގެން 25 މިނިޓުން ދެވޭ ހިސާބުގައި އޮންނަ ރަށެކެވެ.

ދިވެހި ޑިޒައިނަރެއްގެ ހުނަރު ފެނިގެންދާ މިރަށުގައި 99 ކޮޓަރި ހަދާފައިވާއިރު 150 މީޓަރު ދިގު ސުވިމިން ޕޫލެއް ވެސް ވަނީ ހަދާފަ އެވެ. މިއީ ރާއްޖޭގައި ހަދާފައިވާ އެންމެ ދިގު ސުވިމިންޕޫލް ކަމަށް ބުނެވެ އެވެ. 

ޖީއެޗްއެމް ކުންފުންޏަކީ 1999 ވަނަ އަހަރުން ފެށިގެން ފަތުރުވެރިކަމުގެ ވިޔަފާރީގައި އިންވެސްޓްކޮށްފައިވާ ކުންފުންޏެކެވެ. 

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް