ads
ޔޫކްރެއިން ސިފައިން ހަތިޔާރާއެކު
އެމެރިކާއިން ބޭނުންވަނީ ހަމަޖެހުމެއްނޫން، އެމެރިކާ ބޭނުންވަނީ ރަޝިޔާ ބަލިކުރަން: ޗައިނާ
ޔުކްރެއިން ހަނގުރާމައިގައި އެމެރިކާއިން ބޭނުންވަނީ އެ ހަނގުރާމަ ދިގުދަންމަން ކަމަށާއި، އެއީ ރަޝިޔާ ބަލި ކުރަން ކުރާ ކަމެއް ކަމަށް ޗައިނާއިން ބުނެފިއެވެ.

ހުކުރު ދުވަހު ބޭއްވި ބްރީފިންއެއްގައި ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޒާއޯ ލިޖިއާން ވިދާޅުވީ އެމެރިކާއިން ޔޫކްރެއިންގައި ސުލްހަ ގާއިމުކުރުމަށް ޝައުގުވެރިނުވާ ކަމަށާއި އޭގެ ބަދަލުގައި އެގައުމުގައި ހިނގަމުންދާ ހަމަނުޖެހުންވީހާވެސް ގިނަ ދުވަހަށް ދެމިގެންދާ ގޮތަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށެވެ.

ޗައިނާއިން ބުނީ ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލަމުންދާއިރު، އެމެރިކާއިން ދަނީ އަލިފާނަށް އިތުރަށް ދަރު އަޅަމުން ކަމަށެވެ.  އެންމެ ފަހު ޔޫކްރެއިން މީހާއާ ޖެހެންދެން ހަނގުރާމަ ކުރަން ތައްޔާރަށް ތިބުމަށް ހިތްވަރު ދެމުން ދާ ކަމަށާއި ވޮޝިންޓަން އިން ޔޫކްރެއިންއަށް އަށް މިހާރު ދެމުންދާ މާލީ އެހީއާއި ހަތިޔާރުގެ ބޭނުމަކީ އެއީ ކަމަށްވެސް ޗައިނާއިން ބުނެއެވެ. 

"އެމީހުން ބޭނުންވަނީ ވީހާ ގިނަ ދުވަހަކަށް ހަނގުރާމަ ދިގުދެމިގެން ދިއުން. ބޭނުމަކީ ރަޝިޔާ ހުރިހާ ގޮތަކުން ބަލި ކުރުން." ޒައޯ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަން ހިނގާގޮތް އެންމެނަށް ވެސް އެނގޭ ކަމަށެވެ. 

މި ހަފްތާގެ ކުރީކޮޅު އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވީ  ޔުކްރެއިންއަށް އެހީތެރިވެދީގެން އެމެރިކާ އިން ދެކެން ބޭނުންވަނީ ޔޫކްރެއިންއަށް އަރައި ރަޝިޔާއިން ކޮށްފައިވާ ފަދަ ކަންކަން ނުކުރެވޭނެ މިންވަރަށް ރަޝިޔާ ބަލިކުރުން ކަމަށެވެ. 

ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ރަޝިޔާއާ އެކު ޔޫކްރެއިން އިން ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިން އަށް އިތުރު 33 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ކޮންގްރެސްގެ ކިބައިން އެދިވަޑައިގެންފަ އެވެ.

18%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
64%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް