ads
މަރިޔަމް ވަހީދާ ޓޫރިޒަމް މިނިސްޓްރީގެ ބުރަބި ރަސްމިއްޔާތު ހުށަހަޅުއްވަނީ -- ފޮޓޯ: ރާއްޖެއެމްވީ
ބްރޯޑްކޮމްގެ ރައީސް މަރީ ބުދަ ދުވަހު ކޮމިޓީއަށް ހާޒިރުކުރަނީ
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މަރިޔަމް ވަހީދާ ސަރުކާރުގެ ރަސްމިއްޔާތެއް ހުށަހަޅައިދިން މައްސަލަ ބެލުމަށް ކުރިއަށް އޮތް ބުދަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މަރީ ހާޒިރުކުރަން ނިންމައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މަރިޔަމް ވަހީދާ ސަރުކާރުގެ ރަސްމިއްޔާތެއް ހުށަހަޅައިދިން މައްސަލަ ބެލުމަށް ކުރިއަށް އޮތް ބުދަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މަރީ ހާޒިރުކުރަން ނިންމައިފި އެވެ.

ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ބުދަ ދުވަހު އޮންނަ ކޮމިޓީގެ ބައްދަލުވުމަށް މަރީ ހާޒިރުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފަސްޖެހުމެއް ނެތި ކުރަމުން ގެންދާނެ ކަމުގައިވެސް ރޮޒައިނާ ވިދާޅުވެފައިވެ އެވެ.

ވަރަށް ގިނަ ޖަލްސާތަކާއި ވަރަށް ގިނަ ޓީވީ ޝޯތައް ހުށަހަޅައިދީފައިވާ މަރިޔަމް ވަހީދާ ވަނީ ޓޫރިޒަމް މިނިސްޓްރީން އިންތިޒާމު ކޮށްގެން މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި "ބުރަބި" ރަސްމިއްޔާތު ހުށަހަޅައިދީފަ އެވެ.



ސަރުކާރުގެ ރަސްމީ ޖަލްސާއެއް މަރީ ހުށަހަޅައިދިނުމުން ބްރޯޑްކާސްޓިން ކޮމިޝަނަށާއި މަރީއަށް ފާޑުކިޔަށް ފެށީ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ނައިބް ރައީސް ފާތިމަތު ޒައިނާ ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ސަރުކާރުގެ ޖަލްސާއެއް އިންތިޒާމު ކުރުމުގައި ބައިވެރިވުމުން ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމުން އޭނާ ވަކިކުރި މައްސަލައާއި ގުޅުވައިގެންނެވެ.



ޒައިނާގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިކޮށް ބޮޑު މައްސަލައަކަށް ހެދީ މިހާރު ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުންނާއި، މަޖިލީހުގެ ގިނަ ގޮނޑިތައް ހޯދާފައިވާ އެމްޑީޕީންނެވެ. އެހެންކަމުން ސަރުކާރުގެ ޖަލްސާއެއް އިންތިޒާމުކުރުމުގައި ޒައިނާ ބައިވެރިވުމަކީ ސިޔާސީ ކަންކަމުގައި ބައިވެރިވުން ކަމަށް ބަލައި އޭނާ މެންބަރު ކަމުން ވަކިކޮށްފައި މަރީއާ މެދު އެމްޑީޕީގެ މެންބަރުން އަދި ސަރުކާރުގެ އިސް ބޭފުޅުން ވާހަކަދައްކަވަމުން ނުގެންދަވާތީ ކަމަށް ބުނެ މިހާރުގެ އިދިކޮޅު ފަރާތްތަކުން ގެންދަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ މިނިވަންކަމާ ދޭތެރޭ ސުވާލު އުފައްދަމުންނެވެ.



ސަރުކާރުގެ ޖަލްސާއެއް މަރިޔަމް ވަހީދާ ހުށަހެޅުމާ ގުޅިގެން އަމާޒުވަމުންދިޔަ ފާޑުކިޔުންތަކާ ގުޅިގެން މަރީ އަދި ވަކިއެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް