ads
ބޭރަށް ފުރުމަށްޓަކައި ބަޔަކު ތައްޔާރުވަނީ
އިމުގާ ޕޯޓަލް އަށް ބަދަލުތަކެއް ގެންނަނީ
އިމުގާ ޕޯޓަލް ބޭނުންކުރުމުގައި ރައްޔިތުންނަށް ލުއި ފަސޭހަވާނެހެން ޕޯޓަލްއަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

ސީއެންއެމްއަށް މައުލޫމާތުދެއްވަމުން އިމިގްރޭޝަން ގެ މީޑިޔާ އޮފިޝަލް މިފްތާހް "ސީއެންއެމް" އަށް މިއަދު ވިދާޅުވީ ރާއްޖެއިން ބޭރަށް ފުރާއިރާއި، އެނބުރި ރާއްޖެ އައުމުގެ ކުރިން އިމުގާ ޕޯޓަލް މެދުވެރިކޮށް "ޓްރެވެލާ ޑިކްލަރޭޝަން" ފޯމު ފުރަންޖެހޭ ކަމަށާއި، ޕޯޓަލް މެދުވެރިކޮށް މި ފޯމު ފުރިހަމަ ކުރަންޖެހޭއިރު ބައެއް ކަހަލަ ދަތިތައް ކުރިމަތިވެގެން އިމިގްރޭޝަނަށް ހުށައެޅިފައިވާ ކަމަށެވެ. 

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ މި އީދު ނިންމާފަ ވީ އެންމެ އަވަހަކަށް އިމުގާ ޕޯޓަލްގެ ތެރެއިން ފުރަންޖެހޭ ޓްރެވެލާ ޑިކްލަރޭޝަން ފޯމުގެ ބައި ރަގަޅުކުރަން. އޭރުން ބޭނުންކުރާ ފަރާތްތަކަށް ވަރަށް ފަސޭހަވެގެންދާނެ."

އިމުގާ ޕޯޓަލް އަކީ އިމިގްރޭޝަނުން ކުރަންޖެހޭ މަސައްކަތްތައް ފަސޭހަ ކަމާއިއެކު ކުރުމަށް ހަދާފައިވާ ޕޯޓަލް އެކެވެ. އިމުގާ ޕޯޓަލް މެދުވެރިކޮށް ދަތުރުވެރިޔާގެ ސިއްހީ އެކި މައުލޫމާތުތައް ހުށަހަޅަންޖެހެއެވެ.

އޭގެ ތެރޭގައި ވެކްސިން ފުރިހަމަކޮށްފައިވާނަމަ އެކަމުގެ ތަފްސީލު ހާމަކުރަންޖެހެއެވެ. އެކަމުގެ ލިޔެކިޔުންތަކުގެ ކޮޕީއެއް ހެލްތު ޑިކްލަރޭޝަން ފޯމާއެކު އިމުގާ ޕޯޓަލްއަށް ހުށަހަޅަންޖެހެއެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް