ads
ކަނޑަށް ގެއްލުނު މީހާ ހޯދުމަށް 15 އުޅަނދު ދަނީ ހަރަކާތްތެރިވަމުން
ބ. ދޮންފަނު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލުނު އޭދަފުށީ މީހާ ހޯދުމަށް 15 އުޅަނދު ހަރަކާތްތެރި ވަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ބ. ދޮންފަނު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލުނު އޭދަފުށީ މީހާ ހޯދުމަށް 15 އުޅަނދު ހަރަކާތްތެރި ވަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މިރޭ 07:07 ހާއިރު ދޮންފަނު ކައިރީގައި ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި ބ. އޭދަފުށީ، މުސްތަރީގެ 41 އަހަރުގެ ނަސްރުއްﷲ އަބްދުﷲ ކަނޑަށް ގެއްލިފައިވާކަމަށެވެ.

އެ ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ، ގެއްލުނު މީހާ އަދި ފެނިފައިނުވާކަމަށެވެ. އަދި ގެއްލުނު މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗަކާއި ފުލުހުންގެ ލޯންޗެއްގެ އިތުރުން ބައެއް އަމިއްލަ ފަރާތްތަކުގެ އުޅަނދުތަކާއި ކައިރި ރިސޯޓް ތަކުގެ އުޅަނދުތައް ހަރަކާތްތެރި ވަމުން އަންނަކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނެފައިވަނީ، އެކްސިޑެންޓް ހިނގި ކަމަށް ލަފާކުރެވޭ ހިސާބުގެ ފަރުކައިރިން މަސްބާނާ ކަންވާރުތަކެއް ފެނިފައިވާކަމަށެވެ. އެހެން ކަމުން އެ ސަރަހައްދު އިތުރަށް ބަލަމުން އަންނަކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މީގެ އިތުރުން އެމީހާ ހޯދުމަށް ކަނޑުގެ ސާފޭސް ބެލުމާއި ނައިޓް ވިޝަން ކެމެރާގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ،
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް