ads
ޓްރަމްޕާއި ދެކޮޅަށް ހެކިބަސް ދިން ދެ މުވައްޒަފުން
ޓްރަމްޕާއި ދެކޮޅަށް ހެކިބަސް ދިން ދެ މީހުން ވަޒީފާއިން ވަކިކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އޭނާއާއި ދެކޮޅަށް ހެކިބަސް ދިން ދެ މީހުން ވަޒީފާއިން ވަކިކޮށްފިއެވެ.

މިގޮތުން ވަޒީފާއިން ވަކިކޮށްފައިވަނީ، އެމެރިކާއިން އީޔޫއަށް ކަނޑައަޅާފައިވާ ސަފީރު ގޯޑަން ސޮންލޭންޑް އާއި، ލެފްޓިނެންޓް ކާނަލް އެލެގްޒެންޑްރާ ވިންޑްމޭން އެވެ. 

މި ދެމީހުން ވަޒީފައިން ވަކިކުރުމަށް އަންގާފައިވަނީ މިއަދުއެވެ. 

އީޔޫއަށް ކަނޑައަޅާފައިވާ ސަފީރަށް ވަނީ އެނބުރި އެމެރިކާއަށް އައުމަށް އަންގާފައެވެ. 

ޓްރަމްޕު ވިދާޅުވެފައިވަނީ ދެ މީހުން ވެސް ވަޒީފާއިން ވަކިކުރީ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ނިމުމުންކަމަށެވެ. 

އަންގާރަ ދުވަހު އެމެރިކާގެ ސެނެޓުން ނިންމާފައިވަނީ ޓްރަމްޕު މަގާމުން ދުުރުކުރަން ނުފެންނަކަމަށެވެ. 

އެލެގްޒެންޑްރާ ވިންޑްމޭން އަކީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި މަަސައްކަތް ކުރާ މީހެކެވެ. 

ޓްރަމްޕު ފޯނުން ގުޅައި ޔޫކްރޭންގެ ރައީސް އަށް ކުރެއްވައި ފޯނުކޯލު އަޑުއިވުނުކަމަށް ބުނެ ޓްރަމްޕާއި ދެކޮޅަށް ހެކިބަސް ދިނީ އެލެގްޒެންޑްރާ ވިންޑްމޭން އެވެ. 

އޭނާގެ ގާނޫނީ ވަކީލު މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ ކްލައިންޓު ވަޒީފާއިން ވަކިކުރީ 'ހަގީގަތް ހާމަކުރުމުން' ކަމަށެވެ.

ޓްރަމްޕުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެގައުމުގެ މަޖިލީހުން ބެލީ ޔޫކްރޭންގެ ރައީސް އަށް ފޯނުން ގުޅައި އެމެރިކާގެ އިދިކޮޅު ކެނޑިޑޭޓަށް އައުމުގެ ފުރުސަތު ބޮޑު މީހެއްގެ މައްސަލަތައް ބަލައި ދިނުމަށް އެދިފައެވެ. 

މި މައްސަލައިގައި ޓްރަމްޕުގެ މައްޗަށް ތުހުމަތު ކުރީ މަގާމުގެ ނުފޫޒު ބޭނުންކޮށް ނާޖާއިޒު މަންފާއެއް ހޯދަން އުޅުމާއި އެމެރިކާގެ މަޖިލީހުގެ ބާރުތަކަށް ހިންގުމަށް ހުރަސް އެޅުމެވެ. 

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް