ads
ކޮމީޑިއަން މަޓޭ
މަޓޭ ރުޅި މަޑު! މެކޭނިކަލް ޕާކިން ސިސްޓަމްތައް މިއީ ބޮޑު އިސްރާފެއް!
މާލެއާ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަދާފައިވާ މެކޭނިކަލް ޕާކިން ސިސްޓަމްތަކަކީ، ބޮޑު އިސްރާފެއް ކަމަށް ބުނެ، މަޝްހޫރު ކޮމީޑިއަން މަޓޭ، ފާޑު ކިޔައިފިއެވެ.

ގިނަ ބައެއްގެ މެދުގައި މަގްބޫލު، ކޮމީޑިއަން މަޓޭ- އޭނާގެ ފޭސްބުކުގައި މި ފަހަރު އާއްމު ކުރި ވީޑިއޯގައި ފާހަގަކޮށްފައިވަނީ މާލޭގައި އަދި ހުޅުމާލޭގައި ހަދާފައިވާ މެކޭނިކަލް ޕާކިން ޒޯންތަކުގެ މައްސަލައެވެ. މަޓޭ ފާހަގަ ކުރިހެން އެތައް ހަރަދެއް ކޮށްގެން ހަދާފައިވާ މި މެކޭނިކަލް ޕާކިން ޒޯންތަކުގެ ބޭނުމެއް ނުކުރެވެއެވ. 

ކުރީ ސަރުކާރުން މިކަން ކުރިއިރު، އެކަމުގައި އިސްކޮށް ހުންނެވީ އޭރުގެ ހައުސިންގ މިނިސްޓަރ އަދި މިހާރު މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒުއެވެ.

މަޓޭގެ ވީޑިއޯގައި އޭނާ ބުނި ގޮތުގައި މިތަންތަނުގައި ޕާކު ކުރާނެ ވެހިކަލްތައް އަދި ނުވެސް އުފައްދައެވެ.

ހެސްކިޔާފަ އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފަ މުހިއްމު ބިންތަކެއް ގެއްލުވާލާފައި، މި ހުޅުމާލެއާ މާލޭގައި އެތައް މިތާނގައި އެތައް މިލިއަން ރުފިޔާއެއް ބޭކާރުކޮށްލާފައި، މަށަށް ހީވަނީ މި ރާއްޖޭގައިވެސް ދުނިޔޭގައިވެސް މިތަނުގައި މި ޕާކުކުރަން ބޭނުންވާ ވެހިކަލްތައް އަދި ނުއުފައްދަނީހެން.

ރައީސް ޔާމީންގެ ސަރުކާރުން މާލޭގައި މެކޭނިކަލް ޕާކިން ޒޯންތަކެއް ހެދީ އެސްޓީއޯ މެދުވެރިކޮށްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނގެ ވިއްސަކަށް ސިސްޓަމް އޭރު ގެނައި ކަމަށްވެއެވެ. އެހެންނަމަވެސް މިއިން އެއްވެސް އެއްޗެއް ބޭނުމެއް ނުކުރެއެވެ. މި ސިސްޓަމްތައް ގެނައުމަށް ކުރި ހަރަދެއް އޭރު ސަރުކާރުން ހާމަކޮށްފައެއްވެސް ނުވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް